ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ލިބިއްޖެ

Loading

July 22, 2025
profile
Facebook
Twitter
WhatsApp
STELCO

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ ފުލެޓުތަކަކުން ކަރަންޓު ކެނޑުމަށްފަހު، މިހާރު ބޮޑު ސަރަހައްދަކަށް ކަރަންޓު ލިބިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ކަރަންޓު ކެނޑިފައިވަނީ ހިޔާ ފުލެޓު، އެމްއޭސީއެލް، ސްޓެލްކޯ، އެސްޓީއޯ އަދި އެމްޑަބްލިޔުއެސްސީގެ ފްލެޓްތަކުންނެވެ. މީގެތެރޭން އެސްޓީއޯ ފުލެޓުތައް ފިޔަވައި އެހެން ހުރިހާ ފުލެޓުުތަކަކަށް ކަރަންޓު ދެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

އާދަޔާ ޚިލާފަށް ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ފަހަކަށް އައިސް ދިމާވަމުންދާއިރު، މިދިޔަ ޖޫން 1ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނޭހެން، މާލެއާއި ހުޅުމާލޭން ފަސް ގަޑިއިރަށް ކަރަންޓު ކެނޑިފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށް ވެސް ދަނީ ދޭތެރެއަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް