ފުލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

Loading

July 21, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: މިހާރު

ގެދޮރުވެރިޔާ ސްކީމުގެ 4،000 ފުލެޓު ލިބޭ މީހުންނާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00ން 4:00ށް ސޮއިކުރުން ކުރިއަށްދާނެ ކަމަށް އެފްޑީސީން ބުނެއެވެ.

ފުލެޓު ލިބޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު ހައުސިންގ މިނިސްޓްރީން ދަނީ އެފްޑީސީއަށް އަންގަމުން ކަމަށާއި، އަދި އެކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހަކަށް އަންގާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ ފަހުން، ސޮއިކުރަން ދާންޖެހޭ ތާރީޚާއި ގަޑި އެންގުންފަދަ ހުރިހާ މުޢާމަލާތެއް ކުރިއަށްގެންދާނީ އެފްޑީސީންނެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ އޭރު އިޢުލާންކުރި ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ހުށަހެޅި މައުލޫމާތު ވެރިފައިކުރިއިރު، ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާފައި ވާނެކަމަށެވެ.

Loading

One Response

  1. އަމިއްލަ ރަށުގައި ދެމަފިރިންނަށް ވެސް ގޯތިލިބި ދެމަފިރިންގެ ނަމުގަ ރަޖިސްޓަރީ ގޯތި އޮތް ފަރާތްތަކަށްވެސް ތިފުލެޓު ދޭބަ ކޯންޗެއް ތިހާވަނީ

Leave a Reply

ފަހުގެ އަޕްޑޭޓް