ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޢަބްދުއްރަޙްމާނުގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފި

Loading

July 21, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: މިހާރު

އއ. މާޅޮހުގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް ހަމަލަދީ މަރާލި ޢަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްފިއެވެ.

ޖުލައި މަހުގެ 13 ވިލޭރޭ ޢަބްދުއްރަޙުމާނަށް ބޮޑެތި ޒަޚަމުތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާގޭގައި ނިދާފައި އޮއްވައެވެ.

އޭނާގެ އަނބިމީހާ، ނާޡިމާ އިބްރާހީމާ ހަވާލާދީ އޭރު ބުނެފައިވަނީ، އޭނާ އެރޭ ނިދީ އެ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށާއި، އަދި ފާޚާނާއަކަށް ދާންވެގެން ހޭލެވުނުއިރު އޭނާއަށް ޢަބްދުއްރަޙުމާނު ފެނުނީ ”މަރަށް ތެޅެނިކޮށް“ ކަމަށެވެ.

މާހިޔާގެ ހުންނަ ސަރަހައްދު އަދިވެސް ފުލުހުން ބަންދުކޮށްފައިވާއިރު، ތަޙުޤީޤާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ތަޙުޤީޤަށްޓަކައި ވަނީ، އެގެއަށް ވަދެފައިތިބި އެންމެންގެ އަތާއި ފައިގެ އިނގިލީގެ ނިޝާން ނަގައި، އެ މީހުންނާ ސުވާލުކޮށްފައެވެ. އަދި ސީސީޓީވީ ކެމެރާތަކުގެ ރިކޯޑުވެސް ފުލުހުން ވަނީ ބަލާފައެވެ.

މީގެ އިތުރުން، ޢަބްދުއްރަޙުމާނުގެ އަނބިމީހާގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓިއެވެ. ނަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފޯނު ވަނީ މިހާރު އޭނާއާ ހަވާލުކޮށްފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް