ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ 11 އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.
”ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރު) ސަރޖަރީ ކޭމްޕް“’ގެ ނަމުގައި، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މި މަހުގެ 16އިން 19އަށް ކުރިއަށްގެންދިޔަ މި ކޭމްޕުގައި 11 އޮޕަރޭޝަން ކޮށްފައިވާއިރު، މީގެތެރޭގައި ހިމެނެނީ 7 މީހެއްގެ އެއް ކަކުލު ހުޅު ބަދަލުކުރުމާއި، ދެ މީހެއްގެ ދެ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެވެ.
މިކޭމްޕުގައި އިސްވެ އުޅުއްވީ، ހުޅުމާލޭ ހޮސްޕިޓަލުގެ ސަރޖަރީ ޑިޕާޓްމަންޓުގެ އިސްވެރިޔާ އަދި އޯތޯޕީޑިކްސް ދާއިރާގެ ކޮންސަލްޓަންޓް ޑރ. އަޙުމަދު ޢާޒިމެވެ.
މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދޭތެރެ ދޭތެރޭން އަންނަނީ ކަކުލު ހުޅު ބަދަލުކުރުމުގެ ކޭމްޕުތައް ބާއްވަމުންނެވެ.
އެގޮތުން، އެންމެ ފުރަތަމަ އެ ފަދަ އޮޕަރޭޝަނެއް ކުޅުދުއްފުށީގައި ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.