މިއަދު ހަވީރު 4.00ން ފެށިގެން ވަކި ވަގުތުތަކެއްގައި ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ

Loading

July 20, 2025
profile
Facebook
Twitter
WhatsApp

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު، މިއަދު ހަވީރު 4.00ން ފެށިގެން ވަކި ވަގުތުތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ސަރަހައްދު ބަންދުކުރަން ނިންމާފައި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކެއް އޮންނާތީ، މިއަދުގެ 16:00ން 18:00ށް އަދި މިރޭ 20:00ން މިރޭގެ ފަރިތަކުރުންތައް ނިމެންދެން ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް 3 ދުވަހަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މި މަހުގެ 10ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން އާންމުންނަށް ވަނީ ބަންދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް