އައިޖީއެމްއެޗްގެ އައިނު ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެ

Loading

July 17, 2025
profile
Facebook
Twitter
WhatsApp

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިނު ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެކަމަށް، އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޙަލީމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އޭރުން އަމިއްލަ އަތުން ޚަރަދެއް ނުގޮސް އައިނު ލިބޭނެކަމަށެވެ.

އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ 1000 ރުފިޔާ، މިދިޔަ މަހުން ފެށިގެން 2،000 ރުފިޔާއަށް ބޮޑުކުރައްވައި، އައިޖީއެމްއެޗުގައި އައިނުގެ ޚިދުމަތް ފެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެއާއެކު، ހޮސްޕިޓަލުގައި ހުޅުވާ އައިނު ފިހާރައިން ލޮލުގެ ނަންބަރު ނެގޭނެ ކަމަށާއި، އަދި އެހެން ތަނަކުން ނަންބަރު ނަގައިގެންވެސް އެ ހޮސްޕިޓަލުން އައިނު ހެއްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައިނު މަރާމާތު ކުރުމުގެ ޚިދުމަތްވެސް އެތަނުގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ޙަލީމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް