ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ: މޫސުމާބެހޭ އިދާރާ

Loading

July 17, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދުގެ މެންދުރުފަހު 2.00ން އިރުއޮއްސި 6.00ގެ ނިޔަލަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އިދާރާއިން އިއްޔެ ނެރުނު އެޑްވައިޒަރީގައި ވާގޮތުން، މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ބާރުވެ، އަދި ވިލާގަނޑުގައި އިތުރަށް ވައި ގަދަވާނެ ކަމަށާއި އަދި، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރަކޮށް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމާއެކު، ހުރިހާ ފަރާތްތަކުން (ޚާއްޞަކޮށް ދަތުރުކުރާ ފަރާތްތަކުން) މޫސުމާބެހޭ ފަހުގެ މަޢުލޫމާތު ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށް އެ އިދާރާގެ ނަންބަރު 3323084 އަށް ގުޅުމުން މަޢުލޫމާތު ލިބޭނެކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް