ޕޯސްޓުމޯޓަމް ހެދުމަށްޓަކައި ޢަބްދުއްރަޙުމާނުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

Loading

July 17, 2025
profile
Facebook
Twitter
WhatsApp

އއ. މާޅޮހުގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު، ޕޯސްޓުމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި މަހުގެ 13ވަނަ ދުވަހު ނިޔާވި ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙުޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުނެއެެވެ.

އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޒަޚަމްތަކަކާއެކު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި އޮއްވައެވެ. އޭރު އެގޭގައި ދިރިއުޅެމުންދިޔައީ އޭނާއާއި އޭނާގެ އަނބިމީހާއެވެ.

އެ ހާދިސާ ހިނގި ވަގުތު އޭނާގެ އަނބިމީހާ ނިދާފައި އޮތީ އެ ގޭގެ އެހެން ކޮޓަރިއެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް