އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ

Loading

July 17, 2025
profile
Facebook
Twitter
WhatsApp

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ނެރުނު އެޑްވައިޒަރީގައި ވަނީ، މި ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މި ދުވަސްތަކުގައި ވައި ގަދަވެ ކަނޑު ގަދަވާނެކަމަށާއި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ އިދާރާއިން ލަފާކޮށްފައިވާގޮތުން، މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ބާރުވެ، އަދި ވިލާގަނޑުގައި އިތުރަށް ވައި ގަދަވާނެއެވެ. އަދި، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރަކޮށް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެއެވެ.

އެހެންކަމާއެކު، ހުރިހާ ފަރާތްތަކުން (ޚާއްޞަކޮށް ދަތުރުކުރާ ފަރާތްތަކުން) މޫސުމާބެހޭ ފަހުގެ މަޢުލޫމާތު ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށް އެ އިދާރާގެ ނަންބަރު 3323084 އަށް ގުޅުމުން މަޢުލޫމާތު ލިބޭނެކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް