ދަރިންނަށް ސާބިތު ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު ފެމިލީ ކޯޓުން އާންމުކުރަން ފަށައިފިއެވެ.
މިގޮތުން މިއަދު ފެމިލީ ކޯޓުން ވަނީ މިފަދަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަނަވަރު، ފޮޓޮއާއެކު އާންމުކޮށްފައެވެ.
ހުކުމާ އެއްގޮތަށް ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހުންގެ ގޮތުގައި ބަލައި، އެމީހުންގެ ވަނަވަރު އާންމުކޮށް އިޢުލާންކުރަން ޢާއިލާއާ ބެހޭ ގަވައިދު ހުއްދަކުރެއެވެ.
މި ގަވައިދުގެ ދަށުން، ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު ކޯޓުތަކުން އާއްމުކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ފެމިލީ ކޯޓުން ބުނީ، މިއަދު އާންމުކުރި މީހާއަކީ ދަރިފުޅުގެ ޚަރަދަށްވާ ފައިސާ ނުދައްކައިގެން، އެ ފައިސާ ދެއްކުމަށް ކޯޓުން ހުކުން ކުރުމުންވެސް ފައިސާ ނުދައްކާ މީހެއް ކަމަށެވެ.