އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ، އިސްލާމިކް ފައިނޭންސް އަދި ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު، އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ހަދިޔާކުރަން ބޭނުންވާ ފޮތްތަކާބެހޭ މަޢުލޫމާތު [email protected] އަށް މެއިލްކުރުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު އެ ވުޒާރާއިން ހަމަޖައްސައިދޭނެ ކަމަށެވެ.
މި ފުރުސަތު 2025 ޖުލައި 31ވާ ބުރާސްފަތި ދުވަހުގެ 14:00އާ ހަމައަށް ހުޅުވިފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، 3020263 ނުވަތަ 3020262 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.