ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ: ވަޒީރު

Loading

July 15, 2025
profile
Facebook
Twitter
WhatsApp

ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މީގެކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވަމުންދާތީ އާއްމުން ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލެޓުތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކާއި ޝަކުވާތައް ބަލައި، ފުލެޓު ޙައްޤުވާ މީހުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މި މަސައްކަތް ދިގުލައިގެންދަނީ، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގައި އެކި މުއައްސަސާތަކުން ވަގުތު ނަގާތީ ކަމަށެވެ.

މީގެ އިތުރުން، ސޮއިކުރުމުގެ މަސައްކަތަކީ އެވުޒާރާގެ އޮފީހުގައި ކުރިއަށްގެންދަން ފަސޭހަ މަސައްކަތަކަށް ނުވާތީ، އެ މަސައްކަތް ކުރިއަށްގެންދިއުމަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، މި ހުރިހާ ކަންކަން މިހެން ހުރިނަމަވެސް، މި މަހުގެ ތެރޭގައި ސޮއިކުރުމުގެ ކަންކަން ފެށޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް