އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފީނަން ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް، ނިޔާވެފައި އޮއްވާ ފެނިފައިވަނީ މާމިިގިލީ ރޯޅި، ލޫޠު އަޙްމަދެވެ.
އޭނާ ގެއްލިގެން ހޯދަންފެށީ، ރައްޓެހި ކުދިންތަކަކާއެކު ފީނަން ފޭބި ފަހުން ޚަބަރެއް ނުވެގެންނެވެ.
ޚަބަރު ލިބިފައިވާގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ، ފީނަން ފޭބި ސަރަހައްދާ ކައިރި ހިސާބެއްގެ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ މާމިގިލީ ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ.
ފުލުހުން ބުނީ، ފީނަން ފޭބި ހަތަރު ކުދިންގެ ތެރޭން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރީ މިރޭ 7:00ހާއިރު ކަމަށެވެ.
އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި، ފުލުހުންނާއި އަދި ރަށުގެ އާއްމުން ހަރަކާތްތެރިވަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ މިރޭގެ ވަގުތެއްގައެވެ.