އިސްރާއީލާ ދޭތެރޭ އަޅާނެ ފިޔަވަޅަކާބެހޭގޮތުން މިއަންނަ ހަފުތާގައި ކޮލަމްބިއާގެ ބޮގޯޓާގައި ބޭއްވޭ ’ދަ ހޭގު ގުރޫޕުގެ‘ ކުއްލި ބައްދަލުކުރުމުގައި ސްޕޭނާއި އަދި އަޔަރލޭންޑުން ބައިވާނެކަން ހާމަކޮށްފިއެވެ. އަދި ތުރުކީއާއި ޕޯޗުގަލް އާއި ޗައިނާއާއި ގަތަރު ހިމެނޭ ގޮތުގައި އިތުރު 20 ގައުމަކުންވެސް ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ. ޔޫ އެން ގެ ފަރާތުން އިންސާނީ ހައްގުތަކާބެހޭ ޚައްސަ ރަޕޯޓެއަރުންކަމުގައިވާ ފްރާންސިސްކާ އަލްބާނީސް އާއި ފިލިޕް ލަޒަރްނީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އޭގެ އިތުރުން ޔޫ އެން ގެ ސިއްހަތާބެހޭ ޚާއްސަ ރަޕޯޓެއަރ ލާލެންގް ނޮފޯކެންގް ޔޫ އެންގެ ޖިންސުގެ ތަފާތު ކުރުންތަކާބެހޭ ޑިޕާރޓްމެންޓުގެ އިސް ވެރިޔާ ލައުރާ ނައިރިންކިންޑީ އެންޑްރިސް މަޝިއަސް ތޮލޯސާވެސް ބައިވެރިވެ ވަޑައި ގަންނަވާނެއެވެ. ދަ ހޭގު ގުރޫޕުގައި މިހާރު ހިމެނޭ ގައުމުތަކަކީ ބްރެޒިލް، ބޮލީވިއާ، މެލޭޝިޔާ، ދެކުނު އެފްރިކާ، ކޮލަމްބިއާ، ކިއުބާ، ހޮންޑިއުރަސް، ނެމީބިއާ އަދި ސެނެގޯލް އެވެ. 2025 ވަނައަހަރު ޖެނުއަރީ މަހުގެ 31 ވަނަދުވަހު ދަ ހޭގުގައި އެ ގުރޫޕް އުފެއްދުމުގެ ބޭނުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކަށް ބޯލަނބަން ނުޖެހޭކަމަށް ދައްކާ ގައުތައް ގިނަވަމުން ދިއުމާއި އަދި އެ ގާނޫނުތަކަށް ވުރެން މާމަތީގައި ތިބޭކަމަށް ބައެއް ގައުމުތަކުން ދުށުން ގިނަވަމުން ދިއުމުން ކަމަށް ދެކުނު އެފްރިކާގެ ބައިނަލް އަގްވާމީ ގުޅުންތަކާބެހޭ ވަޒީރު މިޑްލް އީސް އައި އަށް ވިދާޅުވިއެވެ. އަދި ވަރަށް ޚާއްސަ ގޮތެއްގައި ބައިނަލް އަގްވާމީ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމް ކުރުމަށް ވަކާލާތު ކުރުން ހިމެނެއެވެ. އަދި ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އަރާގަނެގެންތިބެ ފަލސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ޖަރީމާތަކާޢި ގަތުލު އާންމުގެ އަމަލުތަކުގައި އިސްރާއީލު ކުށްވެރި ކުރުމާއި ބަދަލު ދިނުން މަޖުބޫރުކުރުވަން ބާރު އަޅައި ވަކާލާތު ކުރުމެވެ. އަހަރެމެން މިގޮތުގައި ދެމިތިބޭނެކަމަށްވެސް ދެކުނު އެފްރިކާގެ ވަޒީރު ވިދާޅުވިއެވެ. އަހަރެމެން ކުރާނީ ހަމައެކަނި މަޝްވަރާއެއް ނޫނެވެ. އަހަރެމެނަށް އެއްބަސްވެވޭ ކަންތައްތައް ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް ގެނެސް އެކަންތައް ތަންފީޒުކުރެވެންދެން ހުއްޓާ ނުލާނަމެވެ.
މި މަހު 15 އިން 16 އަށް ތާވަލް ކުރެވިފައިވާ މި ބައްދަލުވުކުރުމުގެ ރިޔާސަތަކީ ކޮލަމްބިއާއެވެ. އަދި ކޯ-ޗެއާރ އަކީ ދެކުނު އެފްރިކާއެވެ.
ދެކުނު އެފްރިކާއަކީ މިޒަމާނުގައި އަޅުވެތިކަމުގެ ހިތިރަހަ އެންމެ ބޮޑަށް ތަޖްރިބާ ކޮށްފައިވާ ގައުމު ކަމަށް ބުނެވޭނެއެވެ. އެ ތަޖްރިބާގެ އަލީގައި އެހެން ގައުމެއް އަޅުވެތިވެގެންދާތަން ދެކެން ދެކުނު އެފްރިކާއިން މަޑުން ނޯންނާނެކަމަށް ބައިނަލް އަގްވާމީ ފޯރަމްތަކުގައި އެގައުން ދަނީ ތަކްރާރުކުރަމުންނެވެ. އޭގެ އެންމެ ފަހުގެ ހެއްކަކީ ގައްޒާގައި އިސްރާއީލުން ގެންދަނީ ގަތުލު އާންމެއް ކަމަށް ކަނޑައަޅައިދިނުމަށް ބައިނަލް އަގްވާމީ އަދާލަތުގެ ކޯޓަށް ހުރައެޅުން ކަމުގައި ބުނެވޭނެއެވެ، އޭގެފަހުން އިސްރާއީލަށް ހަތިޔާރު އުފުލާދޭ އުޅަނދު ފަހަރު ބައެއް އެހެން ގައުމުތަކުގެ ބަނދަރަށް ވަނުން މަނާކުރުން ފާހަގަކުރެއެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި ގަތުލު އާންމަށް ނުރުހުމުން ފާޅުކުރުމުގެ ގޮތުން ކޮލަމްބިއާއިން ވަނީ އިސްރާއީލާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައެވެ.
ދަ ހޭގު ގުރޫޕްގެ ކޯރޑިނޭޓަރ ވަރްޝާ ގާންދިކޮޓާ ނެލުޓްލާ ވިދާޅުވެފައިވަނީ މި ފަހަރުގެ ބައްދަލުކުރުމުގައި ހުޅަމގުގެ ގައުމުތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ދަތުރުކުރުމުން ބައިނަލް އަގްވާމީ ޖިނާއީ އަދާލަތުގެ ކޯޓު އަމުރު ތަންފީޒުނުކޮށް ނަތަނަޔާހޫއަށް މިނިވަންކަމާއެކު ދަތުރުކޮށް އުޅުމުގެ މިނިވަންކަން ލިބި ދެމުންގެންދާ މައްސަލައަށް ޚާއްސަގޮތެއްގައި ބަލާނެ ކަމަށެވެ. ފާއިތުވެގެން މިދާ ވިއްސަކަށް މަސްދުވަހުގެ ތެރޭގައިވެސް ބައިނަލް އަގްވާމީ ގާނޫނުތައް ތަންފީޒުކުރުވުމާ ބެހޭގޮތުން ދަ ހޭގު ގުރުޕުން ފާހަގަ ކުރެވޭ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
މިޑްލް އީސްޓް އައި އަކީ ވަކިފަރާތަކަށް ނުޖެހި ދުނިޔޭގެ މަޝްރަހް މީޑިއާއަށް ހާމަކޮށްދެމުންގެންދާ ލޮލެކެވެ. ތެދު ޚަބަރު ދެނެގަތުމަށްޓަކައި މިޑްލް އީސްޓް އައި ޚިޔާރު ކުރައްވާށެވެ. މިޑްލް އީސްޓް އައި އަކީ އިނގިރޭސި ވިލާތުގައި ރަޖިސްޓަރީ ކޮށްފައިވާ ނޫހެކެވެ.