”ހާލު ކިހިނެއް؟“ ޕްރޮގްރާމް މި އަހަރު ހުރިހާ އަތޮޅެއްގައި

Loading

July 14, 2025
profile
Facebook
Twitter
WhatsApp

”ހާލު ކިހިނެއް؟“ ޕްރޮގްރާމް މި އަހަރު ހުރިހާ އަތޮޅެއްގައި ފެށޭނެކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިދިޔަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ، ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އެ ވުޒާރާގެ ވަޒީރުގެ ނައިބު މަރިޔަމް ލަހްފާ ވިދާޅުވީ މިމަހުގެ ތެރޭގައި ފ އަތޮޅާއި ދ އަތޮޅުގައި މި ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަދި، އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގްރާމް ފެށުންކަން ލަހްފާ ފާހަގަކުރެއްވިއެވެ.

ލަހްފާ ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރޭން، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ކުރަމުންދާކަމަށާއި، އެފަދަ ޢާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ، ކުރު ކޯސްތައް ހިންގަމުންދާކަމަށެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް އެހީ ބޭނުންވުމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރޭން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތައް އާންމުން ފާހަގަކުރާކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް