ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

Loading

July 13, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 94ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ، މި ހާދިސާއާ ގުޅިގެން 4 އެޕާޓުމަންޓަކުން މީހުން ހުސްކުރަންޖެހުނު ކަމަށެވެ.

އެއީ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމާއި، އަދި ދުމާއި ފެނުގެ އަސަރުކޮށްގެން ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފުލެޓުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓުމަންޓެއްގައެވެ.

އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާއިރު، ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އޭރު ބުނެފައިވެއެވެ.

މި އެޕާޓުމަންޓުގައި 11 ބިދޭސީން ދިރިއުޅެމުން ދިޔަނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި އެޕާޓުމަންޓުގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން ވަނީ އަލިފާނުގެ ހާދިސާތައް ހިނގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް