މާޅޮހުގައި ދުވަސްވީ މީހަކަށް ހަމަލަދިނުން: ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މާލެ ގެންނަނީ

Loading

July 13, 2025
profile
Facebook
Twitter
WhatsApp
އަބްދުއްރަޙްމާނުގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިއުމުން ބަޔަކު މަރުކަޒު ކުރިމަތީ މަޑުކޮށްލައިގެން / ފޮޓޯ: މިހާރު

އއ. މާޅޮހުގައި ރޭ ދަންވަރު ހަލަމަދީ ޒަޚަމްކޮށްލި އަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އޭނާ ޒަޚަމްކޮށްލާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ދީފައިވަނީ ރޭ ދަންވަރު 1:50ހާއިރު ކަމަށާއި، އޭނާ ނިޔާވެފައިވަނީ، މާޅޮހު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، ރޭ ފަތިހު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށާއި، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށެވެ.

އަބްދުއްރަޙްމާނު އާދަމަށް ހަމަލަދީފައިވަނީ އޭނާގެ ގޭގައި ނިދާފައި އޮއްވައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެ ވަގުތު އެ ކޮޓަރީގައި ނިދާފައި އޮތީ އޭނާ އެކަންޏެވެ.

އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލަދީފައިވާއިރު، ބޮޑަށް ގެއްލުންވެފައިވަނީ އޭނާގެ ބޮލަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް