ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ސާމާނު އޮޔާހިނގައިދާނެތީ ސަމާލުވުމަށް އެދިއްޖެ

Loading

July 11, 2025
profile
Facebook
Twitter
WhatsApp

ޖުލައި 10ވަނަ ދުވަހު، ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ވަނީ، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

”އޯޝަން އެކްސްޕްރެސް“ ނަމަކަށްކިޔާ މި ބޯޓަކީ 8 ދިވެހީންނާއި 4 ބިދޭސީންނާއެކު މާލޭން ލ. ހިތަދުއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެކެވެ.

މި ބޯޓު ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާއިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22.50ހާއިރު މާލެ ގެނެސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް