އީރާނުން ޗައިނާގެ އެޗްކިއު-9ބީ މިސައިލްތައް ޑިޕްލޮއިކޮށް، ގަލްފްގެ ވައިގެ ދިފާޢީ ނިޒާމު ބަދަލުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ސަރަހައްދީ ޖާސޫސީ މަސްދަރުތަކާއި، ޑިފެންސް އެނަލިސްޓުން ބުނާ ގޮތުގައި، ދިފާއީ ސާމާނުގެ ބަދަލުގައި ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާނަށް އެޗްކިއު-9ބީ ލޯންގް ރޭންޖް ސަރފޭސް ޓު އެއާ މިސައިލް ސިސްޓަމްތަކެއް ދީފިއެވެ.


ރިޕޯޓްތައް ބުނާ ގޮތުގައި، ޖޫން 24 ވަނަ ދުވަހު، އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލިތާ މާގިނަ ދުވަހެއް ނުވެ ޗައިނާއިން އިރާނަށް ދީފައިވާ މިތަކެއްޗަކީ، ދާދި ފަހުން ދިން ޑްރޯންތަކާއި މިސައިލް ހަމަލާތަކާ ގުޅިގެން ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އިރާނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ޗައިނާގެ އެއަރޮސްޕޭސް ސައިންސް އެންޑް އިންޑަސްޓްރީ ކޯޕަރޭޝަން (ސީއޭސިކް) އިން އުފައްދާފައިވާ އެޗްކިއު-9ބީ ސިސްޓަމަކީ މަތިންދާބޯޓުތަކާއި ކްރޫޒް މިސައިލްތަކާއި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ސިސްޓަމެކެވެ. ކޮންމެ ބެޓެރީއެއްގައި ވެސް ރާޑަރު ޔުނިޓަކާއި، ކޮމާންޑް ސެންޓަރަކާއި، އަށް މިސައިލް ލޯންޗާ ހިމެނެއެވެ. މީގެ އިތުރުން، 300 ކިލޯމީޓަރާއި ހަމައަށް ދުވާ މި މިސައިލްތަކަކީ، ސްޓެލްތު ޓާގެޓްތަކާއި ދެކޮޅަށް ޕާފޯމަންސް ރަނގަޅު ކުރުމަށް އިންފްރާރެޑް ގައިޑެންސް ވެސް ހަރުކޮށްފައިވާ މިސައިލްތަކެކެވެ.
އީރާނުން މިހާރުވެސް ރަޝިޔާގައި އުފައްދާފައިވާ އެސް-300ޕީއެމްޔޫ-2 ސިސްޓަމްތަކާއި އަމިއްލަ ބަވާރ-373 ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް އެޗްކިއު-9ބީ އިތުރުވުމުގެ ސަބަބުން ޕާޝިއަން ގަލްފްގެ މައްޗަށް އިރާނުގެ ދިފާއީ ކަވަރޭޖް ފުޅާވެގެންދެއެވެ. މިކަމުގެ ސަބަބުން، އިސްރާއީލް ނުވަތަ އެމެރިކާ ފަދަ ގައުމުތަކުން ވައިގެ ހަތިޔާރުތައް އޮޕަރޭޓް ކުރަން ޖެހޭ ދުރުމިން އިތުރުވެ، ކުރިއަށް އޮތްތަނުގައި ވައިގެ އޮޕަރޭޝަންތައް ހިންގުމަށް އެފަރާތްތަކަށް ދަތިވާނެ ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ފައިސާގެ ބަދަލުގައި ތެލުން މުއާމަލާތްކުރުމަށް ވެފައިވާ 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ވެފައިވާ އެއްބަސްވުމެކެވެ.އެގޮތުން، 2020 ވަނަ އަހަރު އ.ދ. ގެ ހަތިޔާރު ވިއްކުން މަނާކުރި ކުރުން ނިމުމަކަށް އައުމަށްފަހު، މިފަދަ މުޢާމަލާތްތަކަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ހުރަހެއް ނާޅައެވެ. އެހެންނަމަވެސް އެމެރިކާއިން އަދިވެސް ގެންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މިގޮތުން، އާ މިސައިލް ސިސްޓަމްތައް ސްޓްރެއިޓް އޮފް ހޯރްމުޒް ނުވަތަ ސީރިއާ ފަދަ ނާޒުކު ސަރަހައްދުތަކުގައި ބެހެއްޓުމުން ސަރަހައްދީ އަސްކަރީ ޕްލޭނިން އަށް އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ. އީރާނުން ލިބޭ ރިޕޯޓްތައް ބުނާގޮތުގައި އީރާނުން ޗައިނާގެ ޖޭ-10ސީ ފަޔަރ ޖެޓްތައްވެސް ގަތުމަށް ޝައުގުވެރިކަން އެބަހުއްތެވެ. އަދި މިއީ އެގައުމުގެ ދިފާއީ ގާބިލްކަން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
މީގެއިން ދައްކުވައިދެނީ ސަރަހައްދީ އަސްކަރީ ޑައިނަމިކްސްއަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އައިސްފައިވާ ކަމާއި، ގަލްފުގައި ސަލާމަތީ ގޮތުން ފުޅާ ދާއިރާއެއް ކަވަރުރާ އެއްބަސްވުމެއް ނެތް ދަނޑިވަޅެއްގައި އީރާނުން ދިފާއީ ނިޒާމުތައް ޒަމާނީ ކުރަމުންދާ ކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް