މުސްލިމުންގެ ގަބުރުތައް ކޮނެގެން ނެގުން ހުއްދައެއް ނޫން، މިއީ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް: ފަތުވާ މަޖިލިސް

Loading

July 10, 2025
profile
Facebook
Twitter
WhatsApp

މުސްލިމުންގެ ގަބުރުތައް ކޮނެ، ގަބުރުސްތާނުގައި އާންމު ބޭނުމަށް ތަންތަން ހެދުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއް ނޫން ކަމަށާއި، މި ކަމަކީ ވަޢީދުގެ ބަސްފުޅު (އިންޒާރުގެ ބަސްފުޅު) އައިސްފައިވާ ކަމެއް ކަމަށް، ދިވެހިރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު ޝާއިއުކުރައްވައި، މިއަދު ހިއްސާކުރައްވާފައިވާ މި ފަތުވާގައި ވަނީ މިކަމުގެ ހުރި ބިރުވެރިކަމާއި ނުބައިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވާ އެތައް ހަދީސްތަކެއް ބަޔާންކުރައްވާފައެވެ.

ގަބުރުތައް ކޮނެގެން ނަގައި، އެހެން ތަންތަނަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީހުންގެ ޙުރުމަތް ކެނޑޭނެ ކަމެއް ކަމަށް ފަތުވާގައި ބަޔާންކުރައްވާފައިވެއެވެ.

”ޢަމްރު ބުން ޙަޒްމް އަލްއަންޞާރީގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
ﷲގެ ރަސޫލާ صلى الله عليه وسلم، ތިމަން ގަބުރެއްގެ މައްޗަށް ލެނގިލައިގެން އިންދާ ދެކެވަޑައިގެން ހަދީސްކުރެއްވިއެވެ.
(ގަބުރުގައި ލެނގިގެން ނުއިންނާށެވެ. ގަބުރުގައިވާ މީހާއަށް އުނދަގޫނުކުރާށެވެ. އަދި އޭނާ ތިބާއަކަށްވެސް އުނދަގުލެއްނުކުރެއެވެ.)“ ފަތުވާގައި ވެއެވެ.

މީގެ އިތުރުންވެސް މިކަން ހުއްދަ ނޫންކަމުގެ ވަރަށް ގިނަ ދަލީލުތައް ފަތުވާގައި ވަނީ ހިމަނުއްވާފައެވެ.

މީގެ އިތުރުން، މަރުވެފައިވާ މީހުންނާމެދު ޢަމަލުކުރަންޖެހޭ ގޮތާމެދު ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ ބައެއް އިރުޝާދުތައް، ފަތުވާގައި ހިމަނުއްވާފައިވެއެވެ.

އެ މަޖިލީހުން ވިދާޅުވީ، މި ފަދަ ހުރިހާ ދަލީލެއްގެ މައްޗަށް ބިނާކުރާއިރު، ގަބުރުތައް (ޚާއްޞަކޮށް މުސްލިމުންގެ ގަބުރުތައް) ކޮނެ، ނަގައި، އޭގެ މަތީގައި އިށީނދެ ހެދުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ގަބުރުސްތާނުތައް ނަގައި، އެ ތަންތަން އާންމު ބޭނުމަށް ބޭނުންކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް، ފަތުވާގައި ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް