އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް 2 އަހަރުވެސް ހަނގުރާމަ ކޮށްފާނަން: އީރާން

Loading

Facebook
Twitter
WhatsApp

އިސްޜާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ބިއްލޫރިފަދަ ވަގުތީ ހަނގުރާމަ ހުއްޓުމެއް އިއުލާން ކުރެވިފައި އޮތް އިރު އިސްރާއީލުގެ ބޮޑުވަޒީރު އަވަދިނެތި އުޅެނީ އެމެރިކާއަށް ގޮސް އެ ގައުމުގެ ރުހުމާއެކު  އަލުން ހަނގުރާމަ ފެށުމުގެ ހުއްދައާއި މަދަދު ހޯދުމުގައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބޭނުންވަރަކަށް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާގެ ރައީސް ވަނީ ރުހުން ދީފާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. 

                                                           

ތަޖްރިބާކާރުންގެ ރައުޔަށް ބިނާކޮށް ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އީރާނުން އެކަނި ހަނގުރާކުރުމުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ހަމައެއާއެކު ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކާއި އަދި އިސްރާއީލަށްވެސް ލަފާކުރަންވެސް ނޭންގޭފަދަ ބޮޑެތި ގެއްލުންތައް ލިބިގެންދާނެއެވެ. އޭގެ އިތުރުން ގަލްފު ސަރަހައްދަށް ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރުން ބޮޑުވެގެންވާ ނުރައްކަލާ ކުރިމަތިލާންޖެހި ދުނިޔޭގެ އިގްތިސާދު ކަނު އަނދިރި ކަމުގެ ތެރެއަށް ވެއްޓިގެންދާނެއެވެ.                                                          

ބައެއް ސިޔާސީ މުހައްލިލުން ދެކިވަޑައިގަންނަވާ ގޮތުގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ދިގުލައިގެންދާ ގޮތް މެދުވެރިވެއްޖެނަމަ އެހެން ބޮޑެތި އިގްތިސާދުތައް ހުއްޓުމަކަށް އަންނާނެއެވެ. މި ސަބަބށްޓަކައި އެ ހަނގުރާމައިގެ ތެރެއަށް އެހެން ގައުމުތަކުން  ވަނުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. އަދި ދިގުދެމިގެންދާ އެފަދަ ހަނގުރާއެއްގެ އަންޖާމް މިހާރަކަށް އައިސް އިސްލާމީ ބައެއް އިލްމުވެރިން ދީނީ ނަޒަރަކުންވެސް ބައްލަވަން ފައްޓަވައިފިއެވެ.                                          

އީރާނުން މިއޮތީ ކޮންމެ ވަގުތެއްގައިވެސް އިސްރާއީލާއި އެމެރިކާއިން މިގައުމާ ދެކޮޅަށް ހަނގުރާމައެއް ފަށާފާނެ ކަން އެނގި ތައްޔާރަށް ކަމުގައި އީރާނުގެ އިންގިލާބީ ލަޝްކަރުގެ މޭޖަރ ޖެނެރަލް އިބްރާހިމް ޖައްބާރީ މެހެރް ނިއުސްއަށް ވިދާޅުވިއެވެ. އެ 2 ގައުމުން އަހަރެމެންނާ ދެކޮޅަށް ފަށާފާނެ ހަނގުރާމައެއްގައި ކޮންމެ ދުވަހަކު މިސައިލުން ހަމަލާދޭން ޖެހުނަސް 2 އަހަރު ދުވަހު އަހަރެމެން ހިފާއްޓާނަމެވެ. ހަމަ މިމޭރުމުން މިހާތަނަށް އަހަރެމެންގެ ނޭވީންނާއި ގުދުސް ފޯސް ހަނގުރާމައިގެ ތެރެއަށް ނުނެރޭކަން ޒަޔަނިސްޓުންނަށް ރަނގަޅަށް އެނގޭނެ ކަމަށް  ސުޕްރީމް ލީޑަރުގެ މުސްތަޝާރު ޔަހްޔާ ރަހީމް ސަފާވީ ވާހަކަދައްކަވަމުން ވިދާޅުވެފައި ވެއވެ.

ހުޅުވާލެވިފައިވާ މީޑިއާ ރިޕޯރޓް ތަކަށް ބިނާކޮށް ފޮކްސް ނިއުސްއިން ބުނެފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގާ އީރާނުގެ މިސައިލް ލޯންޗަރ ތަކުގެ ބޮޑު ބައެއްވަނީ ނައްތާލާފައި ކަމަށެވެ. އަދި އަލުން އެތަންތައް ހަރަކާތަށް ގެނައުމަށޓަކައި ގިނަ ދުވަސްތަކެއް ނަގާނެކަމަށް ތަޖްރިބާކާރުން ބުނެފައިވާ ކަމަށެވެ. ހުޅުވާލެވިފައިވާ މިނިވަން މީޑީތަކުގައި އިސްރާއީލަށް ލިބުނު ގެއްލުމުގެ ވާހަކަ ތަފްސީލާއެކު ބަޔާންކުރަމުންދާއިރު ފޮކްސް ނިއުސް އިން އެވާހަކަ ދައްކަން ބޭނުން ނުވާކަހަލައެވެ.         

ގައުމުތަކުގެ މިލިޓްރީ ބާރުވެރިކަން އަޅާ ކިއުމުގައި މަޝްހޫރުކަން ހޯދާފައިވާ ’ މެގަޒިން ޑެޕްތު ’ އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ޖުމުލަ އިންޓަރސެޕްޓަރތަކަށްވެސް ނުކުޅަދާނަ އަދަދަކަށް އީރާނުގައި މިސައިލް އެބަހުއްޓެވެ. އަދި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ތެދުވާ ދެކޮޅުވެރިކަމެއްގައި އެމެރިކާއާއި އިސްރާއީލަށް ނުރައްކާތެރިކަން އޮތީ ހަމައެކަނި އީރާނުގެ ބިމަކުންނޫނެވެ. އީރާނުގެ ޕްރޮކްސީންގެ ނުރައްކާ ވަކިން ކުޑަކަމަށް ބައިގެން ނުވާނެއެވެ.                                       

ޗައިނާއިން ފޯރުކޮށްދީފައިވާ އެންމެ ފަހުގެ ސެޓެލައިޓް ސަޕޯރޓާއެކު ހޫތީ މުޖާހިދުންގެ ނުރައްކާތެރިކަން ރެޑްސީ ތެރެއަށް ވަނީ މިހާރު މާ ބޮޑަށް ފެތުރިގެން ގޮސްފައެވެ. މީގެ 2 ދުވަސްކުރިން ލައިބީރިއާ ދިދައިގާ ދުއްވާ ގްރީކުގެ ބޯޓެއް ވަނީ ހޫތީ މުޖާހިދުންގެ އަމާޒަކަށް ވެފައެވެ.                                 

ބައެއް މިނިވަން މީޑިއާތަކުގެ އެންމެ ފަހުގެ ޚަބަރުތަކުގައި ދާދިފަހުން ޗައިނާއިން އީރާނަށް ވިއްކި  ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ 4.5 ޖެނެރޭޝަން މަލްޓިރޯލް ފައިޓަރ ގެ 40 ޖެޓް އީރާނަށް ފޯރުކޮށްދީފިއެވެ. މި ޖެޓްތައް ލިބުމުން އީރާނުގެ މިލިޓްރީގެ ބާރުވެރިކަން އިތުރުވެ އެއާރފޯސް އިން ހަމަލާދިނުމުގެ ގާބިލުކަން އިތުރު ވެގެންދާނެއެވެ. އަދި ޕާކިސްތާނުން އީރާނުގެ އެއާރ ޑިފެންސް ވަރުގަދަ ކުރުމުގެ ގޮތުން އެ ގަމުގެ އެންމެ ކުރިއަރާފައިވާ ދިފާއީ ނިޒާމް އީރާނަށް ފޯރުކޮށްދީފިއެވެ. ޕާކިސްތާނުގެ ދިފާއީ މި ނިޒާމަކީ ދާދިފަހުން އިންޑިއާއާއި ޕާކިސްތާނުން ކުރިމަތިލާންޖެހުނު ދެކޮޅުވެރިކަމުގެ ހަމަލާތަކުގައި އިންޑިއާގެ ރަފައެލް މަރުކާގެ ފައިޓަރ ޖެޓްތަކަށް ހަމަލާދިނުމަށް ބޭނުންކުރި ނިޒާމް ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް