ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާ މައްސަލަ މަޖިލީހުން ބަލައެއްނުގަތް

Loading

July 9, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަންނަން ނިންމަވައިފިއެވެ.

މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރޭން 37 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނައިރު އެތަަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް މަހެއްގެ މައްޗަށް 15،000 މީހުން ޑޮކްޓަރަށް ދައްކަން ދާއިރު، އެތަނުގެ ޚިދުމަތުގެ ފެންވަރާމެދު އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި؛ ތަނުގައި ފުދޭވަރަށް މުވައްޒަފުން ނެތުމާއި، ނާރުގެ ބަލިތަކާބެހޭ ޑޮކްޓަރެއް ނެތުމާއި، ކާޑިއޯލޮޖިސްޓެއް ނެތްކަން ހިމެނެއެވެ.

އަދި އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓައިލުމުން ޑޮކްޓަރުން އިތުރު ގަޑީގައި މަސައްކަތްކުރަން ބޭނުންނުވުމާއި، އަދި ތަނަށް ގިނަގިނައިން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލަ ފާހަގަކުރެއްވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް