އެމް.ޔޫ.އޭ ގެ ގޮތްޕެއް ކުޅުދުއްފުށީގައި

Loading

Facebook
Twitter
WhatsApp

ނަޒާކީ ޒަކީގެ ޖަމްޢިއްޔާ ފުޅާ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ރޭ ކުޅުދުއްފުށީގައި އެ ޖަމްޢިއްޔާގެ ގޮތްޕެއް ހުޅުއްވައިފިއެވެ.

މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމް.ޔޫ.އޭ) ގެ ކުޅުދުށްފުށީ ގޮފި ހުޅުއްވައި ދެއްވުމަށް ”ޓީމް ޔުނިޓީ “ ކުޅުދުއްފުށްޓަށް ވަޑައިގަތީ އިއްޔެ (އާދީއްތަ) ދުވަހުގައެވެ.

މިޙަފްލާގައި އެޖަމިއްޔާގެ މަސްޢޫލުވެރިޔާ ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ) ގެ އިތުރުން އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝަރީފް އާއި ބައެއް ޑެޕިޔުޓީ މިނިސްޓަރުންނާއި ސިޓީކައުންސިލްގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ޢާއްމުންގެ ގިނަބަޔަކު ބައިވެރިވެ ވަޑައިގަތެވެ.
މިޖަމިއްޔާއަކީ 2012 ވަނައަހަރު ރަޖިސްޓަރީ ކުރެވިގެން ހިނގަމުން އަންނަ ޖަމިއްޔާއެކެވެ.

އިންސާނީ ވަޞީލަތްތައް ކުރިއެރުވުމަށް މަސައްކަތް ކޮށް އެކަމަށް އެހީތެރި ވުމާއި، ތަޢުލީމާއި ޞިއްޙަތާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ރޮނގުންނާއި އެހެނިހެން އިލްމީ ދާއިރާތަކުންނާއި އިޖުތިމާޢީ ރޮނގުން މީހުން ބިނާކުރުމާއި އެކަންކަމުގައި އެހީތެރިވެދިނުމާއި، ދިވެހިންގެ މެދުގައި އިސްލާމީ ރޫޙު އާލާކޮށް ދެމެހެއްޓުމާއި، ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، ދިވެހިންގެ މެދުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ޢިލްމީ އިޤްތިޞާދީ އިޖުތިމާޢީ ޞިއްޙީ ދާއިރާތަކުން ދިވެހިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ސްކޮލަރޝިޕް ހޯދައި ދިނުމަކީ އެޖަމްޢިއްޔާގެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ނަޒާކީ ޒަކީ އަކީ އެމް.ޕީ.އެލްގެ ޗެއާމަންކަން މީގެކުރިން ކޮށްފައިވާ ބޭފުޅެކެވެ. 2020 ވަނަ އަހަރު އެމްޕީއެލް އިން އެތަކެއް މިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއް ހިންގާފައިވާ ކަމަށާއި އެކަން ހާމަވުމުން އެމައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފުން ސަސްޕެންޑު ތަޙުގީގު ކުރުމަށް އެކުންފުނީގެ ބޯޑަށް ހުށަހެޅި ބޯޑުން އެއްބާރުލުން ލިބިފައިނުވާކަމަށް ވިދާޅުވެ، އެކަމާއި ގުޅޭގޮތުން ދެކޮޅުހައްދަވައި ޒަކީ ވަނީ ފުހަށާއި އޭސީސީ އަށް އެމައްސަލަ ހުށަހަޅުއްވާ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އަދި 2008 ން 2014 އަށް ދިވެހި ދައުލަތުގެ މެލޭޝިޔާގެ ސަފީރުކަންވެސް ކުރައްވާފައި ވެއެވެ.
މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން 2012 ގައި އިނޮގްރޭޓް ކޮށްދެއްވާ އެމަސައްކަތްތަކަށް ކުރީގެ ފަރސްޓް ލޭޑީ މެޑަމް އިލްހާމް އެހީތެރިކަން ފޯރުކޮށްދެއްވާފައި ވެއެވެ

Loading

2 Responses

  1. ހައްދަވަން އުޅުއްވި މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ ރެޖިސްޓްރީކޮށް ނުދިނީމާ އެހެން ވިސްނުމަކަށް ދިޔައީކަމަށް ވިސްނެނީ. އަޑު އެހީމު އީފާސް މެދުވެރިކޮށް އެހާގިނަ މީހުން އަޅުން ހުށަހަޅުމަކީ ވަރަށް އުނދަގޫ ޚަރަދުބޮދު ކަމެއްކަމުގައި. ވީމާ ތިގޮތްވެސް އެންމެރަނގަޅެވެ. 🙁 🙁

  2. ގައުމަށާއި ރަތްޔަގުންނަށް ޚިދުމަތްކުރެވިދާނެ ބައިވަރުގޮތެވެ. ވީމާ 2013 އިން ފެށިގެން ޖަމުއިއްޔާއެއް ތިހިންގުނީވެސް އޮށްޓަރެއް ހުރީތީއެވެ. ވީމާ ހަމަ ބާރަށް ކުރިއަށް ގެންދަވާށެވެ. ޝުކުރިއްޔާ

Leave a Reply to އައްޑު އަޙުމަދު Cancel reply

ފަހުގެ އަޕްޑޭޓް