ލ. ގަމުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ އަންހެނަކަށް ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހެނދުނު 9.00 ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދީފައިވަނީއެ ސައިކަލުގައި ދަތުރުކުރި ދެ އަންހެނުންނަށެވެ.
މިދިޔަ ހަފުތާ ނިމެނިކޮށް، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައިވެސް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައެވެ.