މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ސިންގަޕޫރާއެކު މަސައްކަތްކުރަނީ

Loading

July 6, 2025
profile
Facebook
Twitter
WhatsApp

މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ސިންގަޕޫރާއެކު މަސައްކަތް ކުރައްވާނެކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމުގައި މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ސިންގަޕޫރުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން މިކަމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ، މި ބިޒްނަސް ފޯރަމުގައި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހިއްސާކުރެއްވިކަމަށެވެ.

މިގޮތުން، އެ ޤައުމުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި ރައީސުލްޖުމްހޫރިއްޔާ ހާސިލްކުރައްވަން ބޭނުންފުޅުވާ ކަންކަމާބެހޭ މަޢުލޫމާތު ހިއްސާކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، ސިންގަޕޫރަކީ އިމްޕޯޓަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވާއިރު، މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތައް އެ ޤައުމުގައި ތިބިކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް