ޕީޑިޑީ އާއި އިންޓެލިޖެންސްގެ ޖާސޫސީ ހަރަކާތްތަކާ ގުޅުވައިދޭ ދައުވާތަކެއް ފެންމަތިވެއްޖެ

Loading

Facebook
Twitter
WhatsApp

އާންމުކޮށް ޕީޑިޑީގެ ނަމުން މަޝްހޫރު ޝޯން ކޮމްބްސް، މޮސާޑާއި ސީއައިއޭއާ ގުޅުން ހުރި ކަމަށް ބުނާ ސިއްރު ޖާސޫސީ ހަރަކާތްތަކުގައި ބައިވެރިވެފައި ހުރެދާނެ ކަމަށް ބުނާ ވާހަކަތަކެއް ހާމަވެއްޖެއެވެ.

މުނިފޫހިފިލުވުމާއި ޖާސޫސީ ދާއިރާތަކުގެ ތެރޭގައި ދައުރުވަމުންދާ މަސްދަރުތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ ހިންގަނީ ހޮލީވުޑްގެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ބްލެކްމެއިލް ނެޓްވޯކެކެވެ.
ތުހުމަތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮމްބްސްގެ ހައި ޕްރޮފައިލް ޕާޓީތަކަކީ މަޝްހޫރު ފަރާތްތައް ކޮމްޕްރޮމައިޒް ކުރުމަށާއި، ސިއްރު ރެކޯޑިންތައް ހިމެނޭ ”ހަނީ ޓްރެޕް“ އޮޕަރޭޝަންތައް ހިންގުމަށް ސެޓަޕްތަކެއްގެ ގޮތުގައި ރޭވި ޕާޓީތަކެކެވެ. މިއީ، ޖާސޫސީ ބޭނުމުގައި ވަކިވަކި ފަރުދުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ބްލެކްމެއިލް މެޓީރިއަލްތަކެއްކަމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ތުހުމަތުތަކަކީ 2020 ވަނަ އަހަރު ނެރުނު ”އެޕްސްޓައިން: ޑެޑް މެން ޓެލް ނޯ ޓޭލްސް“ ފޮތުގައި މޮސާޑް ފަދަ ޖާސޫސީ އިދާރާތަކާ ގުޅުން އޮތްކަން ހާމަވެފައިވާ މަރުހޫމް ޖެފްރީ އެޕްސްޓައިންއަށް ކުރެވުނު ތުހުމަތުތަކާ އެއްގޮތް ތުހުމަތުތަކެކެވެ. ބައެއް އެތެރޭގެ ފަރާތްތަކުން ބުނާ ގޮތުގައި ކޮމްބްސް ވެސް މިއުޒިކާއި ފިލްމީ ސިނާއަތުގެ ތެރޭގައި ވެސް މިފަދަ ގޮތްތަކެއް ވަނީ ބޭނުންކޮށްފައެވެ.
އެއްވެސް ކޮންކްރީޓް ހެއްކެއް އާންމުކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ދާދި ފަހުން 2025 ވަނަ އަހަރު ކޮމްބްސްގެ މުދަލަށް ފެޑެރަލް ރޭޑްތައް ޖެހި އިރު، މިފަދަ އަމަލުތަކެއް ހިންގާކަމުގެ ޝައްކުތައް ވަނީ އިތުރުވެފަ އެވެ. މިގޮތުން، 2024 ވަނަ އަހަރު ރެޑިޓް ތެރެޑެއްގައި 1960 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގެ ދައުރުތަކަށް މޮސާޑް ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާއިރު، އެޕްސްޓައިން އާއި ރޮބަޓް މެކްސްވެލް ފަދަ ފަރާތްތަކަކީ ކުރީގެ އޮޕަރޭޓިވުންގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމްބްސް އާއި އޭނާއާއި އެކުގައި އުޅުނު ފަރާތްތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. މީގެ އިތުރުން، ގާނޫނީ ތަހުގީގުތަކުގެ މެދުގައި، ހޮލީވުޑްއިން މިމައްސަލަތަކާއި މެދުގައި ޖަވާބުދާރީ ވަމުންދަނީ ފަރުވާތެރިކަމާއެކުގައެވެ. އަދި ގިނަ ފަރާތްތަކެއް ގާނޫނީ ވަކީލުންގެ އެހީތެރިކަންވެސް ހޯދަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ހާލަތު އަދިވެސް ތަހުގީގު ކުރަމުންދާއިރު، އިތުރު ކަންތައްތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް