ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ މާލެ ސިޓީގެ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

Loading

July 5, 2025
profile
Facebook
Twitter
WhatsApp

މާލެ ސިޓީގެ މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަރުވެފައިވާ ބުޅަލެއްގެ ފޮޓޯއަކާއެކު ޢާޒިމްގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، މަގުމަތީގައި މަރުވެފައި ހުންނަ ބުޅާތައްވެސް ނަގަންޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، އެނިމަލް ވެލްފެއަރ މިނިސްޓްރީންއެ ޒިންމާ ނުނަގާ ކަމަށެވެ.

ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ހަދައި ނިންމާފައިވާ ފެސިލިޓީއެއް ހުރިއިރު، ތަން ނިމުމާއެކު އެތަން އަތުލައި، އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެހެންނަމަވެސް މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ނުގެންގޮސް، އަމިއްލަ މީސްމީހުން ގެންގުޅެފައިވާ ބުޅާތައް ގެންގޮސްފައިވާކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާކަމަށެވެ.

ޢާޒިމް ސިފަކުރެއްވިގޮތުގައި ފެސިލިޓީއެއް ހުރެމެ ބުޅާތައް ފެސިލިޓީއަށް ނުގެންގޮސް،
ކާންބޯން ނުލިބި ބުޅާތައް މަގުމަތީގައި މަރުވާން ދޫކޮށްލެވިފައި އޮތުމަކީ ޒިންމާދާރުކަން ކުޑަ، އަނިޔާވެރި ޢަމަލެކެވެ.

ހަމަ އެއާއެކު، މާލޭގެ މަގުތަކުގައި ބުޅާ ނަޖިސް ހުންނާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، މިކަން މިގޮތަށް ދޫކޮށްލާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޢާޒިމް ވިދާޅުވިއެވެ.

އެހެންކަމާއެކު، މަގުމަތީގައި އުޅޭ ބުޅާތައް މިހާރުން މިހާރަށް ފެސިލިޓީއަށް ގެންދިއުމަށް ޢާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް