ވިޔަފާރީގެ ކުރިއެރުންތަކާއެކު މެލޭޝިއާގެ ރިންގިޓް ވަރުގަދަވެއްޖެ

Loading

Facebook
Twitter
WhatsApp


ވިޔަފާރީގެ ކުރިއެރުންތަކާއި އެންޓި ކޮރަޕްޝަން ޑްރައިވްގެ މެދުތެރޭގައި އޮތް މެލޭޝިއާގެ ރިންގިޓް އިތުރަށް ވަރުގަދަވެއްޖެ އެވެ.
މެލޭޝިޔާގެ ރިންގިޓްގެ ބާރު އެމެރިކާ ޑޮލަރާ އަޅާބަލާއިރު %0.8 އިތުރުވެ، އިންވެސްޓަރުންގެ ސަމާލުކަން ދަމައިގަންނަ ބޮޑު ރިބައުންޑެއްގައި ފާއިތުވެ ދިޔަ ދެ އަހަރުގެ އެންމެ މަތީ ދަރަޖައަށް ވަނީ އަރާފައެވެ. ކުއަލަލަމްޕޫރުގެ ވިޔަފާރިވެރިން މި ތަރައްގީއަށް މަރުހަބާ ކިޔައި، މި ކުރިއެރުން ނިސްބަތްކޮށްފައިވަނީ ފަހުގެ ވިޔަފާރީގެ ކާމިޔާބީތަކާއި ވެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކަށެވެ.


މި ފައިސާގެ ކުރިއެރުން ލިބިފައިވަނީ އޮސްޓްރޭލިއާ އިން އެމެރިކާއާއެކު ސޮއިކުރި އާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން މެލޭޝިއާގެ ސެމީކޮންޑަކްޓަރ އަދި ގްރީން ޓެކްނޮލޮޖީ ދާއިރާއަށް ލިބުނު އިންވެސްޓްމަންޓް ކުރިއެރުމާއި ގުޅިގެންނެވެ. ބައެއް މީހުން ދެކެނީ ރިންގިޓްގެ ކުރިއެރުން ދެކެނީ 2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބަށް ފަހު ކުރިމަތިވި ވެއްޓުމެއް ފަދައިން ކުރިން ވެއްޓުނު މިންވަރުން އަނބުރާ އައުމެއްގެ ގޮތުގަ އެވެ.
މެލޭޝިއާގެ ކަރަންޓް އެކައުންޓް ސާޕްލަސް އާއި ސިންގަލް-އޭ ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންގެ އިތުބާރު އާކުރުމަށް މެދުވެރިކުރުވާ މުހިންމު ކަންތައްތަކެއް ކަމަށް ދިރާސާވެރިން ގަބޫލުކުރާއިރު، ތުރުކީ އާއި ބްރެޒިލް ފަދަ ކުރިއަރަމުން އަންނަ އެހެން މާކެޓްތަކާ އަޅާބަލާއިރު މެލޭޝިއާ މިހާރު ފެންނަނީ ނިސްބަތުން ސްޓޭބަލް އަދި ޝައުގުވެރިކްނ ދަމައިގަންނަ މާކެޓެއްގެ ގޮތުގައެވެ.
ބޭންކް ނެގަރާ މެލޭޝިއާގެ ތަހުލީލު ކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެގައުމަކީ އުފެދިފައިވާ މާކެޓްތަކުގެ ތެރެއިން ހޮވާލެވޭ ގައުމެކެވެ. އިދިކޮޅު ލީޑަރަކާ ގުޅޭ، ކޮރަޕްޝަނުގެ އާ ތަހުގީގެއް ކުރަމުންދާ ދިޔުމުގެ ސަބަބުން ވެސް ސަރުކާރާއި މެދުގައި މިވަނީ ހެޔޮ ޝުއޫރުތަކެއް އުފެދިފައިވެ އެވެ.
މެލޭޝިއާގެ މާޒީގައި، ފުޅާ ދާއިރާއެއްގައި މާލީ މައްސަލަތައް ހިމެނެއެވެ. މިގޮތުން ޚާއްސަކޮށް ފާހަގަކޮށްލެވެނީ 1އެމްޑީބީގެ 4.5 ބިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައާއި ގުޅިގެން ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އައި 12 އަހަރުގެ ޖަލު ހުކުމާއި، 270 މިލިއަން ޑޮލަރުގެ އެސެޓްތައް އަތުލައިގަތުމަކީ ޖަވާބުދާރީކުރުވުމުގެ ވަށްޓަފާޅިއަކަށް ގައުމު އެނބުރުމުގެ ނިޝާނެކެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުތަކުން ފެންނަ އެއްބާރުލުމާއި، އޮސްޓްރޭލިއާއާއެކު މައުދަނީ ވިޔަފާރި ފުޅާވަމުން ދާ ދިޔުމުން މެލޭޝިއާގެ އިގްތިސާދީ ކުރިމަގު ވަރުގަދަ ކަމަށް ފެނެއެވެ. ސޯޝަލް މީޑިއާގައި މާކެޓް ވޮޗަރުން ލަފާކުރާ ގޮތުގައި މެލޭޝިއާ ރިންގިޓް އަދި މިއަށްވުރެ އިތުރަށް އަގު ބޮޑުވާނެއެވެ. އަދި ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އަހަރު ނިމޭއިރު ރިންގިޓްގެ އަގު، އެމެރިކާ ޑޮލަރަކަށް 4.0 ރިންގިޓަށް އިތުރުވާނެއެވެ.
ދުނިޔޭގެ އިޤްތިޞާދީ ޔަގީންކަން ނެތް ކަންތައްތަކެއް ހުރިނަމަވެސް މެލޭޝިއާގެ އިގްތިސާދު ދަނީ ވަރުގަދަވެ، އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް