”ޒުވާނުންގެ މުޒާހަރާ“ގައި އިސްކޮށް އުޅުނު ދެ ޒުވާނުންގެ މައްޗަށް ދަޢުވާކޮށްފި

Loading

July 3, 2025
profile
Facebook
Twitter
WhatsApp

މާލޭގެ އިމާރާތަކުން ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާގައި އިސްކޮށް އުޅުނު ޢަބްދުﷲ މަޙްޒޫމް މާޖިދާއި ޢާއިޝަތު ޝިމަންގެ މައްޗަށް ދަޢުވާކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ކުރި މި މުޒާހަރާ ރޫޅާލައި، މި ދެ މީހުން އޭރު ހައްޔަރުކޮށް، މުއްދަތުވެސް ޖެހިއެވެ. ނަމަވެސް ފަހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން މަޙްޒޫމުގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއްކުރުމުގެ ދަޢުވާއެވެ. އަދި ޝިމަންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދަޢުވާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް