އައްޑޫ ސިޓީ ހިތަދޫގައި މަގުހުރަސްކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި މިރޭ ސައިކަލަކުން ޖެހިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، އުމުރުން ދުވަސްވީ ފިރިހެނަކު ކަފިހިހުރަސް މަތިން ހުރަސްކޮށްފައި މަގުގެ އަނެއް ފަޅިއާ އަރާ ހަމަވަނިކޮށް، ދުއްވާފައި އަންނަ ސައިކަލަކުން އެމީހާގެ ގައިގައި ޖެހެއެވެ.
ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުން ޖެހުމާއެކު މަގުހުރަސްކުރި މީހާއާއި ދުއްވަންއިން މީހާވެސް ވެއްޓެއެވެ.
މި ހާދިސާގައި ދެ މީހުންނަށްވެސް ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށާއި، ނަމަވެސް އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާކަމަށް ޚަބަރު ލިބެއެވެ.