ޗައިނާގެ ޖޭ-10ސީ މަރުކާގެ ޖެޓް ހޯދަން އީރާނުން މަސައްކަތް ކުރަނީ

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދީފައިވާ އެފް-35 އައި މަރުކާގެ ފައިޓަރ ޖެޓަށް ކައުންޓަރ އެޓޭކް ދިނުމަށްޓަކައި ޗައިނާގެ ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ މަލްޓިރޯލް ފައިޓަރ ޖެޓާއި އެވެކްސް (އެއާރބޯރން ވޯރނިންގ އެންޑް ކޮންޓްރޯލް ސިސްޓަމް) ގަތުމާބެހޭގޮތުން އީރާނުގެ ދިފާއީ ވަޒީރު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް މަތީ ފެންވަރުގައި މަޝްވަރާ ކުރެއްވި ކަމަށް އަރަބި ގައުމުތަކުގެ ވަރަށް ގިނަ މީޑިއާތަކުން ޚަބަރު ދީފިއެވެ.

ތެހެރާންގެ މި މަޝްވަރާތަކަކީ އެ ގައުމުގެ އެއާރފޯސްގެ ބާރު އިތުރުކުރުމުގެ ގޮތުން ރަޝިޔާއާއިން ހޯދަން މަސައްކަތްކުރަމުންގެންދާ އެސް ޔޫ-35 މަރުކާގެ ފައިޓަރ ޖެޓް ލިބުން ލަސްވަމުންދާތީ ޗައިނާގެ އުފެއްދުމަށް މި ވަގުތު ސިޔާސަތު ބަދަލު ކޮށްލުމެކެވެ.                    

ޗައިނާގެ ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ 4.5 ޖެނެރޭޝަން މަލްޓިރޯލް ފައިޓަރ ޖެޓާގައި އޭއީއެސްއޭ ( އެކްޓިވް އިލެކްޓްރޯނިކަލީ ސްކޭންޑް އެރޭ ) ރާޑަރާއި އެންމެ ފަހުގެ އެވިއޯނިކްސް ގާއިމް ކޮށްފައި ހުރުމާއެކު ޕީ އެލް-15 މަރުކާގެ ދިގު ރާސްތާ މިސައިލްގެ ބޭނުން ކޮށްގެން ޖައްވީ ހަނގުރާމައިގާ އެންމެ ކުރިއަރާފައިވާ ނިޒާމުގެގޮތުގައި ހަމަލާދިނުމުގެ ގާބިލްކަން ލިބިފައި ވެއެވެ.                                 

ޗައިނާގެ ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ 4.5 ޖެނެރޭޝަން މަލްޓިރޯލް ފައިޓަރ ޖެޓަކީ އޭއީއެސްއޭ ގެ އިތުރުން ތްރަސްޓް ވެކްޓަރިންގ އިންޖީނު އަޅާފައިހުރި އަދި ދުރު ތާސްތާ އެއާރ ޓު އެއާރ މިސައިލަށްވެސް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ޗައިނާގެ އެންމެ ކުރިއަރާފައިވާ އެއް ފައިޓަރޖެޓް ޕްލެޓް ފޯރމެވެ. އަދި އެއީ ބިމުން ހިންގާ ހަނގުރާމައިގެ ހަރަކާތްތަކާއި އަދި ނުރައްކާތެރި އިލެކްޓްރިކް ވޯ-ފެއާރ އަށްވެސް ބޭނުން ކުރެވޭނެ އެންމެ ފަހުގެ އީޖާދެވެ.                                                                

ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ 4.5 ޖެނެރޭޝަން މަލްޓިރޯލް ފައިޓަރ ޖެޓްގެ ކާމިޔާބީ އިންޑިއާ ޕާކިސްތާނުން ހިންގި ދެކޮޅުވެރި ހަރަކާތްތަކުގައި ފަރަންސޭސި ވިލާތުގެ ރަފައެލް އެފް-3-އާރ މަރުކާގެ ފައިޓަރ ޖެޓާ ދެކޮޅަށް ދިން ހަމަލާއިން ސާބިތު ކުރެވެއެވެ.                                                

ޗައިނާގެ ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ 4.5 ޖެނެރޭޝަން މަލްޓިރޯލް ފައިޓަރ ޖެޓް އިސްރާއީލުގެ އެއާރފޯސްގައި ބޭނުންކުރާ އެމެރިކާގެ އެފް-35-އައި މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓާއި އެއްހަމައިގާ އަޅާނުކިއިދާނެއެވެ. އެހެންނަމަވެސް ޖޭ-10-ސީ މަރުކާގެ ޖެޓްގައި ގާއިމް ކޮށްފައި ހުރި އޭއީއެސްއޭ ރާޑަރާއި ޕީއެލް-15ގެ މިސައިލް ނިޒާމަކީ ނޮން ސްޓެލްތު ޖެޓްތަކަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. އޭގެ އިތުރުން ޗައިނާގެ އެވެކްސް ނިޒާމުން އީރާނުގެ ވައިގެ ލަޝްކަރުތަކުން ހަނގުރާމަގެ ކޮންމެ ހާލަތަކަށްވެސް ރައްދު ދިނުމުގެ ގާބިލުކަން ލިބިގެން ދާނެއެވެ.                                                                

ހުޅަނގުގެ އިގްތިސާދީ ފިއްތުން ތަކާހުރެ ކުރިއަށް އެރުމުގެ މަގު ބަންދުކޮށްފައިވާ އީރާނާއި ޗައިނާއާ ދެމެދު ފާއިތުވެގެން މިދާ ވިއްސަކަށް އަހަރު ވަރަށް ގާތް ގުޅުމެއްވަނީ އުފެދިފައެވެ. އެޗް ކިޔޫ-2 އާއި އަދި އެޗް ކިޔޫ-7 މަރުކާގެ ސަރފޭސް ޓު އެއާރ މިސައިލް އާއި ރާޑަރ ޓެކްނޯލޮޖީއާއި އެންޓައި-ޝިޕް މިސައިލް ފަދަ ގިނަ އެހީތަކެއް ޗައިނާއިން އީރާނަށް ފޯރުކޮށްދީފައި ވެއެވެ.އީރާނުގެ މުހާޖިރް އަދި ޝާހިދު މަރުކާގެ މިސައިލް ސީރީސް ގައި ޗައިނާގެ ޓެކްނޯލޮޖީ ވަނީ ބޭނުންކޮށްފައެވެ.                                           

ޖޭ-10-ސީ މަރުކާގެ ޖެޓް ލިބުމުން އީރާނުގެ އެއާރފޯސް އިތުރު އުސްމިނަކަށް އުފުލިގެންދާނެއެވެ. އަދި މިހާރުގެ ބަހުން ބުނެވޭ 5 ވަނަ ޖެނެރޭޝަނާ ވަރަށް ކައިރި ޕްލެޓްފޯރމަކަށް ގެންގޮސްދޭނެއެވެ. ހަމައެއާއެކު ހުޅަނގުގެ ދުއްތުރާތަކާ ކުރިމަތިލާން ޖެހިފައިވާ 2 ގައުމަށް އިތުރު ހިތްވަރެއްވެސް ލިބިގެންދާނެއެވެ.               

    Loading

    Leave a Reply

    ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

    ފަހުގެ އަޕްޑޭޓް