2025 ވަނަ އަހަރު ނިމޭއިރު އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ސީރިއާ ސަރުކާރުން އިޝާރާތްކޮށްފި

Loading

Facebook
Twitter
WhatsApp

އެޗްޓީއެސް އާއި އައިއެސްގެ ފަދަ އިސްލާމިސްޓް ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައި މިހާރު އޮތް ސީރިއާ ސަރުކާރުން ކުރިއަށްދަނީ 2025 ވަނަ އަހަރު ނިމޭއިރު އިސްރާއީލާ އެކު ތާރީހީ ސުލްހައިގެ އެއްބަސްވުމަކަށް އަޔުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

މަޝްވަރާތައް ކުރިއަށްދާކަން ސީރިއާގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދީފައިވާއިރު، ދެ ފަރާތުންވެސް އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށާއި، އޭގެތެރޭގައި ފަހުގެ އަސްކަރީ ކެމްޕޭންތަކުގައި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރެއިން މައުންޓް ހާރމަން ސަމިޓް ފަދަ ތަންތަނުން މަރުހަލާތަކަކަށް ބަހާލައިގެން ވަކިވުން ހިމެނޭކަމަށް ހަބަރުތައް ބުނެއެވެ.


މީގެ ސަބަބުން މީގެ ކުރިން ސީރިއާގެ އިސްލާމިސްޓް ފެކްޝަންތަކަށް ތާއީދުކުރި މީހުންނަށް ފާޑުކިޔުން އަމާޒުވެ، ނިފާޤުކަމުގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ. ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި އެއް ޒަމާނެއްގައި އިސްލާމީ ހަރުކަށި އަޤީދާއެއްގައި ސާބިތުވެ ތިބުމުގެ ސަބަބުން އިހުތިރާމް ލިބުނު ޖަމާއަތްތަކުން ސިޔާސީ އަދި އިގްތިސާދީ ފައިދާއެއް ހޯދުމަށްޓަކައި މިހާރު އިޒްރޭލާއި ގުޅިގެން އުޅެން ތައްޔާރަށް ތިބިއިރު، ފަލަސްތީނުގެ ރައްޔިތުން ގެންދަނީ އިޒްރޭލުގެ އަސްކަރީ އަނިޔާތަކާއި ގަތުލުއާންމުގެ ވޭންތައް ތަހައްމަލުކުރަމުންނެވެ.

އޮބްޒާވަރުން ބުނާ ގޮތުގައި އެންމެ ފަހުގެ މި ބަދަލަކީ ސީރިއާގައި އިސްލާމީ ވެރިކަމަށް ގިނަ ދުވަސްތަކެއް ވަންދެން ވަކާލާތުކުރާ މީހުންގެ މެދުގައި ފުށުއެރުންތަކެއް ހުރިކަން ހާމަކޮށްދޭ ކަމެކެވެ. އެއްޒަމާނެއްގައި ހަތިޔާރުއެޅި ހަނގުރާމައަކަށް ގޮވާލިއިރު، މިހާރު އިޒްރޭލާއި ސުލްހަވެ ދުނިޔޭގެ ފައިދާތަކެއް ހޯދުމަށްޓަކައި ހަނުހިމޭންކަން އިސްކުރުމުން، އެފަރާތްތަކުގެ ދީނީ އަދި ސިޔާސީ މަގާމުތަކުގެ އަސާސްތައް އެއްގޮތްކަމާމެދު ސުވާލު އުފެދެއެވެ.

”މި ޖަމާއަތްތަކާއި އެ ޖަމާއަތްތަކަށް ތާއީދުކުރާ މީހުން ގިނަ ފަހަރަށް ބަދުނާމުކުރާ އީރާނަކީ އިޒްރޭލާއި ދެކޮޅަށް ހީވާގި ފިޔަވަޅުތަކެއް އަޅާފައިވާ ހަމައެކަނި ގައުމު، މިހާރު ވެސް ހަރުކަށި ވާހަކަ ދައްކާ އެހެން މީހުންނަށް މަންޒަރު ފަހަތުގައި ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރެވޭ.“ އެނަލިސްޓަކު ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަޝްވަރާތައް ކުރިއަށްދާއިރު، ސީރިއާ-އިޒްރޭލް ސުލްހައިގެ އެއްބަސްވުމަކީ މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގައި ބަދަލެއް އަތުވެދާނެ ކަމެއް ނަމަވެސް، މިހާރުވެސް އެކަމުގެ ސަބަބުން ދީނީ އުސޫލުތަކާއި ސިޔާސީ އެއްބަސްވުންތަކާއި ފަލަސްތީނުގައި ހިނގަމުންދާ ތަކުލީފުތަކާ ގުޅޭގޮތުން ވަރުގަދަ ބަހުސްތަކެއް މިވަނީ އުފެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް