އިސްފަހާނުގެ ނިއުކްލިއަރ ސައިޓަށް ބަންކަރ ބަސްޓަރުން ހަމަލާ ނުދިނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ބީ-2 ބަންކަރ ބަސްޓަރ  ބޮންއަޅާ ބޯޓުތަކުން 30000 ރާތަލުގެ ބަރުދަން ހުރި އެތައް ބޮމެއް އީރާނުގެ ފޯރޑޯ އާއި ނަތަންޒްއަށް އޮއްސާލިއިރު އީރާނުގެ އިސްފަހާނުގައި ހުރި ނިއުކްލިއަރ ސައިޓަށް ބޮން ނޭޅީ ކީއްވެގެންތޯ އެފެދެނީ ބޮޑު ސުވާލެކެވެ. ބަންދު ދޮރެއްގެ ތެރޭގައި މިސުވާލަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ދެއްވި ޖަވާބަކީ އީރާނުގެ ނިއުކްލިއަރ ސައިޓްގެ ފުންކަމާހުރެ ބަންކަރ ބަސްޓަރުން އެތަން ފޫއަޅުވާ ނުލެވޭނެތީވެ ހަމަލާ ނުދިނީ ކަމަށެވެ.  ސީ އެން އެން އިން ބުނެފައި ވެއެވެ.

  

                   

އެމެރިކާ އެއަރފޯސްގެ ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑާން ކެއިން ބުނެފައިވަނީ އިސްފަހާނުގެ ސައިޓަށްހަމަލާ ނުދިނީ  60 ފޫޓު އަޑީގައި ހުރި އީރާނުގެ ޔޫރޭނިމް މުއްސަނދި ކުރާ  ސައިޓާހަމަޔަށް ކާމީބީއާއެކު ބަންކަރ ބަސްޓަރގެ ތިރީސް ހާސް ރާތަލުގެ ބިޔަ ބޮން ފޫއަޅުވާ ނުލެވޭނެކަމަށެވެ. އޭގެ ބަދަލުގައި އެ ސައިޓަށް ހަމަލާ ދިނުމަށް ބޭނުންކުރީ އެމެރިކާގެ ސަބްމެރީނުން ޓޮމް ހައުކް ކުރޫޒް މިސައިލެވެ.

އެމެރރިކާގެ އިންޓެލިޖެންސް މައުލޫމާތަށް ބަލާއިރު އީރާނުން މުއްސަނދި ކޮށްފައި ހުރި ޔުރޭނިއަމް ރައްކާ ކޮށްފައިހުރީ އިސްފަހާނާއި ފޯރޑޯގެ ސައިޓްގެ އަޑީގައެވެ.                                  

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު ދުނިޔޭގައި އޭކުރިން ނޮން ޕްރޮލިފެރޭޝަންގެ އެއްބަސްވުމަކުން އިންކަނޑައެޅިގެން ކޮންމެވެސްވަރަކަށް ހިފޭއްޓިފައި އޮތް ނިއުކްލިއަރ ބާރުވެރިކަން ބޮއްސުންލައިގެން ހިނގައިދާނެ ބިރުވެރިކަން އުފެދިއްޖެކަމަށް ތަޖްރިބާކާރުން ބުނަން ފަށައިފިއެވެ. އީރާނުން މަދަނީ ބޭނުންތަކަށް ޔޫރޭނިއަމް މުއްސަނދި ކުރަމުންދާއިރު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނާއި އަދި ޔޫ އެން ހަކަތައިގެ ފާރަކުއްތާ ބުނަމުން ގެންދަނީ އީރާނުން ޔުރޭނިއަމް ފައްކާ ކުރަމުން ގެންދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކަމުގައި ޔަގީންކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ އިންޖެލިޖެންސުން ކޮންގްރެސްއަށް ހުށައަޅަމުން ގެންދާ ރިޕޯރޓް ތަކުގައި ސަރީހަ ބަހުން ބުނެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ކޮންމެއަކަސް އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަޝްރޫއުތަކެއް ހިންގާ ކަމަށް ބެލެވޭ ސައިޓްތަކަކަށް ބަންކަރ ބަސްޓަރ ބޮމުން ހަމަލާދިނުމާ ގުޅިގެން ހާލަތު މިހާރު ވަނީ ވަރަށް ނުރައްކާތެރި ފައްތަރަކަށް މެހިފައެވެ. އީރާނުން ބުނެފައިވަނީ މީގެފަހުން ފާރަ ކެމެރާއާއި ޔޫ އެން ގެ ފާރަކުއްތާއަށް އީރާނުގެ ބިމަށް އެރުމުގެ ހުއްދަ ނުލިބޭނެ ކަމަށެވެ. ދެން އުފެދިފައިވާ ސުވާލަކީ އެހެންވީމާ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށްދާގޮތަ ބަލާނީ ކޮން ޖަމާއަތަކުން ހެއްޔެވެ ؟   

އައިއޭ އީއޭގެ ފާރަކުއްތާ އަށް އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިނގަމުންދާގޮތް ބަލައި ފާރަލުމުގެ ފުރުސަތު ނުދިނުމަށް މިދިޔަ ބުދަ ދުވަހު އީރާނުގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ފާސްކުރުމަށް ގާނޫނީ ބާރު ލިބޭނީ ސުޕްރީމް ލީޑަރ ތަސްދީގް ކުރުމުންނެވެ. އަދި އެމްރިކާއާއި އިސްރާއީލުން ކުރިމަތި ކުރަމުންގެންދާ ނުރައްކާތެރިކަމަށް ބަލައި އީރާނުގެ މަޖިލީހުން ވަނީ ނޮން ޕްރޮލިފެރޭޝަންގެ އެއްބަސްވުމުން ވަކިވުމަށްވެސް ފާސްކޮށްފައެވެ.                                                            

އީރާނުން ބުނެފައިވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އިގްތިސާދީ އަދި އެހެނިހެންގޮތްގޮތުން އިތުރު ދަތިކުރުން ކުރިމަތި ކުރުވާނެކަން އެނގޭ ކަމަށެވެ. އެހެންނަމވެސް އެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމާން ދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.                                

އީރާނުން ނޮން ޕްރޮލިފެރޭޝަން އެއްބަސްވުމުން ވަކިވެއްޖެނަމަ ގިނަ އެހެން ގައުމުތަކަކުން އީރާނުގެ އެ ފިޔަވަޅާ އެއްގޮތަށް ހަރަކާތްތެރިވުން ވަރަށް ކައިރިކަމަށް ތަޖްރިބާކާރުން ވިދާޅުވަމުން ގެންދަވައެވެ. އިންޓަރނޭޝަނަލް ކެމްޕޭން ޓު އެބޮލިޝް ނިއުކްލިއަރ ވެޕަންސް ( އައިކޭން ) ގެ ތަރުޖަމާނު އެލިސްޓަރ ބާރނެޓް ބުނެފައިވަނީ އީރާނުން ނިއުކްލިއަރ މަނާކުރާ އެއްބަސްވުމުން ވަކިވެއްޖެނަމަ ދެން މެދު އިރުމަތިން އެންމެ ފުރަތަމަ އެ ފިޔަވަޅު އަޅާނީ ސައޫދީ އެރޭބިއާއިން ކަމަށް ބެލެވޭ ކަމަށެވެ.                                     

މިހަފުތާއި އޮތް ނިއުސް ކޮންފަރެންސެއްގައި އީރާނުން ނިއުކްލިއަރ މަނާކުރާ އެއްބަސްވުމުން ވަކިވެދާނެހެން ހީފުޅުކުރެއްވޭތޯ ސުވާލުކުރުމުން ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮއްސީ ބުނެފައިވަނީ އެއީ ވަރަށް ހިތާމަހުރި ކަމަކަށް ވާނެއެވެ.                                                          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް