ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ ސިޔާސަތުގެ ދަށުން، މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން މިހާތަނަށް ޖުމުލަ 420 އުޅަނދު ޓޯވކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މީގެތެރޭގައި ހިމެނެނީ މަޖީދީމަގުން ޓޯވކުރި ދެ ފުރޮޅުލީ 216 އުޅަނދާއި ހަތަރު ފުރޮޅުލީ 2 އުޅަނދާއި، އަދި ބޮޑުތަކުރުފާނުމަގުން ޓޯވކުރި ދެ ފުރޮޅުލީ 164 އުޅަނދާއި ހަތަރު ފުރޮޅުލީ 38 އުޅަނދު ކަމަށެވެ.
އަދި މީގެތެރޭގައި، ތަކުރާރުކޮށް ޓޯވކޮށްފައިވާ ކާރަކާއި ސައިކަލެއް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
މަޖީދީމަގާއި، ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުަރާނެކަމަށް ފުލުހުން ވަނީ މިދިޔަ މަހު ބުނެފައެވެ.
މިއީ، ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާތީ، މި ކަމަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.