އެމެރިކާ ބައިވެރިވެގެން ގައްޒާއަށް ލިބޭ އެހީއަކީ މީހުން މެރުން: ގުޓަރެސް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ބައިވެރިވުމާއެކު ގައްޒާއަށް ފޮނުވަމުން ގެންދާ އެހީ ރައްކާތެރި ނޫންކަމަށާއި އޭގެ ސަބަބުން މީހުން މަރުވަމުންދާ  ކަމަށް ޔޫއެންގެ އާންމު ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރ 7 ގައި ފެށުނު ހަމަލާތަކަށްފަހު ގައްޒާގެ ބަނޑުހައިހޫނުކަމާއި ސިއްހަތާއި ޢާންމު ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ދުނިޔެއަށް ހާމަކޮށްދެވޭތޯ ގުނާ އަދަދު ނުކުރެވޭހާ ގިނަ ފަހަރު މަސައްކަތް ކުރެވިއްޖެއެވެ.

އެކަމަކު މިއަދުގެ ހާލަތު މިއޮތީ އިންސާނުންގެ ވިސްނުމުން ތަސައްވުރު ނުކުރެވޭ ވަރުގެ އިންސާނީ ކާރިސާއަކަށް ބަދަލު ވެފައެވެ. ބަނޑުހައި ހޫނުގައި މަރުވަމުންދާ މީހުންނަށް އެހީއެއް ފޯރުކޮށްދިނުމަށްވެސް އިސްރާއީލުގެ މިލިޓްރީން އެއްވެސް ފުރުސަތެއް ނުދެއެވެ. އެހީ ފޯރުކޮށްދޭ ފަރާތްތަކުން ލިބިދެވޭ އެއްޗެއް ބަލާދިއުމުންވެސް އެމީހަކު އެނބުރި އަތުވެދާނެކަމުގެ ކުޑަވެސް އުންމީދެއް ނޯވެއެވެ.

ގައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޔޫއެން އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ގޮވާލުމަކުން ނުފުދެއެވެ. އެކަން މަޖުބޫރު ކުރުވަން އެބަ ޖެހެއެވެ. ގުޓަރެސްގެ ވާހަކަފުޅުކުރިއަށް ގެންދަވަނުން ވިދާޅުވިއެވެ. ގުޓަރެސްގެ ވާހަކަފުޅަށް ރައްދު ދެއްވައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ބުނެފައިވަނީ އެއްވެސް އިރެއްގައި އިސްރާއީލުން އާންމު ރައްޔިތުންނަށް ހަމަލާ ނުދޭކަމަށެވެ. އަދި އެހީގެ ތަކެތި ލިބެންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ޖީ އެޗް އެފް (ދުނިޔޭގެ ކަންކޮޅުތަކަށް އެހީ ފޯރުކޮށްދޭ އެމެރިކާގެ އޭޖެންސީ އެއް) ކުރާ މަސައކަތަށް ޔޫއެން އިން ހުރަސް އަޅަމުންގެންދަނީ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އިން ބުނަމުންގެންދަނީ ޖީއެފްއެފް (ގައްޒާ ހިއުމަނިޓޭޜިއަން ފައުންޑޭޝަން) އާއި އިސްރާއީލާ ގުޅިގެން ގައްޒާގެ އެހީ ބެހުން ކުރިއަށް ގެންދާ ގޮތާމެދު ސުވާލުތަކެއް އުފައްދާފައެވެ. އަދި މި ހުސްވި މޭ މަހުގެ 19 ވަނަދުވަހުން ފެށިގެން ޖީ އެޗް އެފް ގެ އެހީ ހޯދަން އުޅުނު 400 މީހަކު މިހާތަނަށް މަރާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެކަމަކު ޖީ އެޗް އެފް އިން ޔޫ އެން ގެ ވާހަކަތައް ދޮގު ކުރެއެވެ. ޔޫ އެން ގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޖީއެޗްއެފް އިން އެހީ ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތަކީ މީހުން މެރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

ގައްޒާގެ ބަޑުހައިހޫނު ކަމުގައި މަރުވަމުންދާމީހުން އިތުރުވެ އެހީ ބެހުމުގައި މަކަރާ ހީލަތް ހެދުން އިތުރު ވެފައިވާތީ މީޑިއާ ތަކުގައިވެސް ފާޑުކިއުން ގިނަވަމުން ދިއުމާއެކު އަނެއްކާވެސް އެމެރިކާގެ ރައީސް މޮޅު އެއްޗެއް ވިދާޅުވެއްޖެއެވެ. ގައްޒާގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓޭނީ ކޮން އިރަކުންތޯ ރައީސް ޓްރަމްޕް އަށް ނޫސްވެރިން ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވެފައިވަނީ އަންނަ ހަފުތާގައި ހަމަލާތައް ހުޓުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް