ސައޫދީ އަރަބިއްޔާ ސަރުކާރުންދޭ ޝަރަފްވެރި އެވޯޑެއް ކަމަށްވާ ”ހިޖްރަ ޕަރސޯނަލިޓީ އޮފް ދަ އިޔަރ“، ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤް އަލް ރާބިއާ އަށް އަރުވައިފިއެވެ. ”ޕްރޮފެޓްސް ހިޖްރަ އެވޯޑް“ގެ ނަމުންވެސް މަޝްހޫރުވެފައިވާ މި ބައިނަލްއަގްވާމީ އެވޯޑް މިނިސްޓަރ ރާބިއާ އަށް އަރުވާފައިވަނީ މެލޭޝިޔާގެ ރަސްގެފާނު އިބްރާހިމް ބިން އިސްކަންދަރެވެ. އެވޯޑް، މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤް އަލް ރާބިއާ އަށް އަރުވާފައިވަނީ ހައްޖު އަދި އުމްރާގެ ކަންކަން ރަނގަޅުކޮށް ފަސޭހަ ކޮށްދިނުމަށް އޭނާ ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
”ހިޖްރަ ޕަރސޯނަލިޓީ އޮފް ދަ އިޔަރ“ އެވޯޑް ސައޫދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ދެފަރާތަކަށް ދެއެވެ. އެގޮތުން މެލޭޝިޔާގެ އެކަކަށް،އަދި ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ އެއްފަރާތަކަށް މިއެވޯޑް ދެނީ އިސްލާމީ ”އަގުތައް“ ހިފެހެއްޓުމާއި މުސްލިމް ގައުމަކަށް ޚިދުމަތް ކުރުމުގައި ފާހަގަ ކޮށްލެވޭ ކަންތައްތަކެއް ކޮށްދޭ ފަރާތަކަށް ދެވޭ އެވޯޑެއްގެ ގޮތުގައެވެ.
ޑޮކްޓަރ އަލް ރާބިއާވަނީ ހައްޖު އަދި އުމްރާގެ ކަންކަން ފަސޭހަ ކޮށް ދިނުމުގެ ގޮތުން އޮންލައިން ބުކިންގ އާއި ލަގެޖް ޓްރެކިންގ ފަދަ ޒަމާނީ ކަންކަން ތައާރަފް ކޮށް، ވިސާއާއި ދަތުރުފަތުރުގެ ކަންކަން ފަސޭހަވާނެ އިންތިޒާމްތައް ހަމަޖައްސަވާ ދެއްވާފައެވެ.އަދި އަޅުކަމުގެ ތެރޭގައި އުޅުމަށްވެސް ފަސޭހަވާނެ އެތައް އިންތިޒާމް ތަކެއް ވަނީ ހަމަޖައްސަވާ ދެއްވާފައެވެ.
މިއެވޯޑަކީ މެލޭޝިޔާގައި ދެވޭ އެންމެ ޝަރަފްވެރި އެއްގައުމީ އިނާމެވެ.އަދި ޝަގާފަތެއްގެ ގޮތުން މިއެވޯޑް ދިނުން އޮންނަނީ ކީރިތިރަސޫލާ(صـلّى الله علـيـه وسـلّم) ހިޖްރަ ކުރެއްވި ތާރީޚް ކަމަށްވާ ހިޖްރީ އައު އަހަރު ފެށޭ ދުވަހުއެވެ.