ސަންދާނުގެ ބައިވެރީންނަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ދީފައި ވަނީ ގާނޫނާޚިލާފަށް: އޮމްބަޑްސް ޕާރސަން

Loading

Facebook
Twitter
WhatsApp

އިންޓަރނެޓްގެ ޒަމާން ތަޢާރަފުވުމާއި ގުޅިގެން މިނިވަން މީޑިއާއެއް ވުޖޫދަށް ވަރަށް އަވަހަށް އައެވެ. އެއީ ދިވެހީން ދަންނަ ސަންދާނު ނިއުސް ބްލެޓިންގް އެވެ. އެއީ 2000 ން ފެށިގެން 2002 ވަނަ އަހަރަށް ޕަބްލިޝް ކުރަމުން ދިޔަ ސަންދާނު ނޫހެވެ.

އެ އިންޓަނެޓް ނިއުސް ބްލެޓިންގެ ބައިވެރީ ހޯދުމަށް، ހަމަ މި ދުވަސްކޮޅު ޙަސަން ކުރުސީ ހޯދަން އުޅެގަތްގޮތަށް އޭރު މައުމޫނުގެ ސަރުކާރުން މަސައްކަތް ފެއްޓިއެވެ. އަދި 2002 ވަނަ އަހަރު އެކަމުގެ ބައިވެރީން ތިބިތާކުން ޓެރެރިސްޓުންގެ ތުޙުމަތު އަޅުވައި އިންޓަޕޯލް މެދުވެރިކޮށް ދޮގު މަޢުލޫމާތު ދީގެން ހޯދައި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނެއް ގަވާޢިދެއް އަދި ބައިނަލް އަގުވާމީ ގާނުނަކަށް ގަވައިދަކަށް ބެލުމެއްނެތި އެބައިމީހުން ގެނެސް ދޫނިދޫ ކޮޑަގޮޅިތަކަށް އެއްލާލެވުނެވެ. އަދި ޢުމުރުދުވަހުގެ ޖަލު ޙުކުމެއް ޖެއްސިއެވެ. އެއީ އެދުވަސްވަރެވެ! ދެން ދުވަސްތައް ދައުރުވަމުންގޮސް އައީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމެވެ. އެއީ 2018 ން 2023ގެ ނޮވެބަރަށެވެ. 

   ސަންދާނުގެ ބައިވެރީންގެ މައްޗަށް ޓެރެރިޒަމް ދަޢުވާ އުފައްދައި ތަންފީޒްކުރި މީހުން :

ދިވެހިރާއްޖޭގައި ޢަދުލުއިންސާފުގެ ވާހަކަޔަކީ ކޮންމެ ވެރިޔަކުވެސް އަޑަށް ވަރަށް ބާރުލައިފާ އިލެކްޝަން ދުވަސްކޮޅު ގޮވަމުން ގެންދަވާ ގޮވެލިފައްޗެކެވެ. ނަމަވެސް ކުރީގެ ރައީސް އިބޫގެ ސަރުކާރުން ތަފާތު ދެއްކެވިކަމަށް ބުނެވިދާނެއެވެ. އެގޮތުން އަނިޔާލިބިފައިވާ އަދި ބޭއިންސާފުން އެބައެއްގެ މުދަލާއި ޖާނަށް ގެއްލުމެއް ދެވިފައިވާ ބައެއްގެ މައްސަލަތައް ބެލޭގޮތަށް އިންތިގާލީ އިންސާފު އޮމްބަޑްސްޕާރަސްންގެ އޮފީހެއް ގައިމުކުރެއްވިއެވެ. ވަރަށްގިނަ މައްސަލަތަށް ހުށަހެޅި ގިނަމައްސަލަތަކެއް ނިންމިފައިވެސް ވެއެވެ.

          މުޙައްމަދު ޒަކީ ( ނަޒާކީ ޒަކީ ) ޖަލުގައި ގެންގުނު ދުވަސްވަރުގެ ފޮޓޯއެއް:

ނިމިފައިވާ މައްސަލައިގެ ތެރެއިން ސަންދާނު ނިއުސް ބުލެޓިންގައި ބައިވެރިވެ ޢުމުރު ދުވަހުގެ ޙަރާމް ޙުކުމެއް ދެވިފައިވާ މައްސަލަވެސް ބެލި ވަކިގޮތަކަށް ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެފައިވެއެވެ.  އޭގެތެރެއިން އެންމެ ބޮޑު ބަދަލެއް ދޭންޖެހޭކަމަށް ދައުލަތުން ނިންމައިފާވަނީ ނަޒާކީ ޒަކީ (މުޙައްމަދު ޒަކީ) މ. އަޙުމަދީއަބާދު އަށެވެ.

 އެއީ 2001 ގައި ކުއްލިގޮތަކަށް ދިވެހި ފުލުހުން ޒަކީ ބުނެވިދިޔަ ސަންދާނު މައްސަލާގައި ބަންދުކުރިއިރު އޭނާޔަކީ ރާއްޖޭގެ ވިޔާފާރިވެރިން ބުނާގޮތުގައި ބޮޑު މަހުޖަނެކެވެ. އިމްޕޯޓް އެކްސްޕޯޓް ވިޔާފާރިޔާއި އަމިއްލަ އެތަކެއް އާގުބޯޓް ފަހަރު ހުށްޓެވެ. އަދި ރާއްޖޭގެ މަޝްހޫރު ނަޒާކީ ލޯންޗެ ޝެކްޝަނުގެ 80% ޙިއްސާދާރަކީވެސް ޒަކީއެވެ. 

މައުމޫނުގެ ވެރިކަން ހަމަ މަގަށް އެޅުވުމަށްޓަކައި ގުޅިގެން ކުރެވުނު މަސައްކަތުގައި މި ހުރިހާ ވިޔާފާރިއެއް ވަނީ ދޫނިދޫ ޖަލުގައި އެކަހެރިކޮށް އަހަރެއްހާ ދުވަހު ބާއްވައި ބޭންކްރަޕްޓް ކޮށްލުވާފައެވެ. އިންތިގާލީ އޮމްބަޑްސްޕާރސަންގެ އޮފީހުގެ ރިޕޯޓް ބުނެފައިވާގޮތުން ސަންދާނުގެ ބައިވެރީންނަށް މައުމޫނުގެ ސަރުކާރު އެފަދަ ބޮޑު އަނިޔާތަކެއް ދީފައި ވަނީ ދިވިެހިރާއްޖޭގައި ހެދިފައިވާ ގާނުނުތަކާއި ގަވާޢިދުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީނު ބޭއިންސާފުން ބަންދުކޮށްފައި ބެހެއްޓި ދުވަސްތަކަށް ޝަރުޢީ ކޯޓުން ބަދަލުދޭން ޙުކުމްކޮށްފައިވާ ޙުކުމާއި އެއްގޮތަށް އެ ރޭޝިއޯއިން، ނުޙައްގުން ބަންދުގައި ބެހެއްޓިފައިވާ 4 އަހަރު ދުވަސްތަކަށް ބަދަލު ދިނުމާއި އޭނާގެ ބޯޓްފަހަރުތަކާއި، ލިބިދިން ނަފްސާނީ ގެއްލުންތަކާއި ވިޔާފާރިއަށް ބަގުރޫޓްކޮށްލެވިފައި ވާތީވެ އެ ގެއްލުމުގެ ބަދަލުވެސް ޚަބީރެއްގެ އެހީތެރިކަމާއި އެކު ރިޕޯޓް ނިންމާތާ 15 ދުވަހުގެ ތެރޭގައި ސުލްޙަ މަރުޙަލާއެއް ގެނެސްދީގެން ނިންމަދިނުމަށެވެ.   

ދެންވެސް ދުވަސްތަކެއް ގުނެމުންގޮސް މިއޮތީ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކަށް އިރުއަރާފައެވެ. ރައީސް މުޢިއްޒުގެ ވަޢުދުފޮށީގެ އެންމަތީގައި ޢަދުލުއިންސާފުގެ ވާހަކަ އޮތެވެ. އެގޮތުން ވަރަށް އަވަހަށް އެފަދަ މައްސަލަތައް ބަލައި ނިންމުމަށް ސިވިލްރައިޓް އޮފީހެއް ހެއްދެވިއެވެ. އަދި ވަޢުދު ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. ޢަދުލު އިންސާފު ލަސްކުރުމަކީ، އިންސާނާ ޢަދުލު އިންސާފުން މަޙުރޫމް ކޮށްލުންކަމުގައި އެތަކެއްފަހަރަކު ވިދާޅުވެފައި ވެއެވެ. އަޅުގަނޑުގެ ބޭނުމަކީ ރައީސް މުޢިއްޒަކީ ބޮޑުދޮގުވެރިޔެކޭ ބުނުމެއްނޫނެވެ. ނުވަތަ ބަޔަކު ބޮޑު ކައްޒާބެކޭ އެގޮވާ ގޮވުމަށް ބާރުދިނުމެއްވެސް ނޫނެވެ. ޒަކީ ވިދާޅުވިއެވެ!

ދައުލަތުގެ އަގެއްނެތެވެ. އެހެނީ ދައުލަތުން ނިންމާފައި ހުންނަ މިފަދަ ލާއިންސާނީ އަނިޔާތަކަށް ދައުލަތް ހިންގަން ޙަވާލުވާ ސަރުކާރުން ޖަވާބުދާރީނުވާތީއެވެ.

މި ރިޕޯޓިންގެ ބޭނުމަކީ ރައީސް މުޢިއްޒު ވިދާޅުވާ އެއްޗަކާއި ޢަމަލާއި ދިމާނުވާ ވާހަކަ ޚަބަރު ކިޔާބައެއްގެ ތުންތުންމަތީންވެސް ގައުމުގެ ވަލިއްޔުލް އަމްރަށް އެނގުމެވެ. އަހާ ފޯރަމްތަކުގައި މީހުންގެ ޙައްގުތަކާ ބޭހޭގޮތުން ސުވާލު ދެންނެވުމުން  އޭ. ޖީ. އަރިހުން މުއުލޫމާތު ހޯއްދެވުމަށް ފަހަ ކަންފަތްޕުޅުކައިރީގައ އޭ.ޖީ. ދެންނެވި ދެންނެވުމަކާއި އެކު އެ ސުވާލު ހުށަހެޅުއްވި ނަދީއަށް ޖަވާބު ދެއްވީ “ ދެން 5 އަހަރު ދުވަހު އިންތިޒާރު ކުރާކަށް ނުޖެހޭނެ. 

ތިކަން ލަސްތަކެއްނުވެ ހަމަޖެހޭނޭ “ ކަމަށެވެ. އޭގެ ފަހުން 16 މަސް ދުވަސް ވެއްޖެކަމުގައި ނަދީ ވިދާޅުވިއެވެ. މިހާރު ސިވިލް ރައިޓްސް ސޮފީހުންވެސް އަދި އޭ. ޖީ އޮފީހުންވެސް ފޮނުވާ ސިޓީއަކަށްވެސް ޖަވާބު ދާރީއެއް ނުވެއެވެ. އަދި އެ ޝަކުވާތައް ރައީސް އޮފީހަށް ލިޔުމުންވެސް ކަހާތާ ހިރުވާވެސް ނުލާކަމުގައި ވިދާޅުވެފައި ވެއެވެ.

  • ޢަދުލް އިންސާފް – މުޖުތަމަޢުގެ ހަމަޖެހުން –   

Loading

6 Responses

    1. Ibu solih badhalu nudhee tho veri kan nimunu iru ves kuran beynunvi kan tha fahu 24 gadi iru therey gai ves kuri kamah meehun kiyaa thee ivey misaala kah adheeb ah maafu dhi nun fadha

  1. މިގައުމުގައި ތ ުނާ ޢަދުލް އިންސާފު ޖެހޭނީ ގެންނާށެވެ. ކޮބާ އަދީބު؟ ގަނެގެން އުޅެނީ ނު؟

    1. Ibu solih badhalu nudhee tho veri kan nimunu iru ves kuran beynunvi kan tha fahu 24 gadi iru therey gai ves kuri kamah meehun kiyaa thee ivey misaala kah adheeb ah maafu dhi nun fadha

  2. އާދޭހެވެ! ހަމަ އަޖައިބެކެވެ! މާތްﷲ ގަންދީ ހުވާކޮށްފާ،، ގާނޫނާއި އިސްލާމްދީގެ އަމުރުތަކާއި އެއްގޮތަށް ދައުލަތް ހިންގަދޭން ރައްޔަތުންނަށް ވައުދުވެފަ ވެރިކަމުގައި އޮބިއަޅައިގެން ތިބުމަށްޓަކައި ތިގޮތަށް މީހުންގެ ފުރާނައާއި މުދަލަށް ދައުލަތުގެ ނަމުގައި ގެއްލުން ދީފައި، ނާޗަތަންގީ ކުޅެން އުޅެވިހރން ނުވާނެއެވެ.
    ދައުލަތުގެ ނަމުގައި ސަރުކާރުގެ ވެރިން ނުވަތަ އެބަޔަކީ ހިންގި ޖަރީމާއެއް އެ ޖަރީމާއެއް ހިންގި މީހަކު ޒިންމާ ކުރުވަން ޖެހޭނެއެވެ. ސަންދާނުގެ ބައިވެރިންނަށް ތިރީގައިވާ ބޮޑު ޢަޒާބުތައް ރައީސް މުއިއްޒުގެ ސަރުކާރުން ޖަވާބުދާރީވުމަށް އަވަސްވެ ގަންނަންޖެހެއެވއ. އިޚްލާސްތެރިކަމެއް ހުރި ވެރިޔަކު، ބަޔަކު ފޭރިގެންފައިވާ މީހުންގެ ޙައްގުތައް ނުދިނުމަށް އުޅެގެން ނުވާނެއެވެ.

  3. އިބޫ ރަނގަޅުތަ؟ ކީއްވެބާ ސަރުކާރު ބަދަލުވުމުގެ ކުރީން ބްރިޖް އެގްރީމެންޓް އެކްސްޓެންޑް ކޮށްދީފައި އިންތިގާލީ އޮފީހުގެ މުއްދަަތު ދަންމާލަ ނުދިނީ ކީއްވެބާ؟ އިބޫ ބޭނުންވާ އެމްޑީޕީ އެންމެނަށް ބަދަލު ނެގިފާވާތީ އޮފީސްދެ ދައުރު ނިންމާލީދޯ! ހަމަ ހުސް ލަނޑާ1

Leave a Reply to މުޙައްމަދު އިބްރާހިމް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް