އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

Loading

June 28, 2025
profile
Facebook
Twitter
WhatsApp


ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދުގެ 13.30ން 17.00ގެ ނިޔަލަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވުމާއެކު އުދައަރަމުންދާ ދުވަސްވަރެކެވެ.

މިގޮތުން، އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް، މިއަދުގެ 10.45ން 16.30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.

އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް