ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ސްކޫލް ދަރިވަރަކު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، އެކްސިޑެންޓުވި ދެ މީހުންގެ ތެރޭން އެކަކުގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އަނެއް މީހާއާއި ކުޑަ ދެ ކުދިންނަށްވެސް އެކިވަރުގެ ބޮޑެތި އަނިޔާތައް ވެފައިވެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަންތިބީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.