ކޮވިޑު - 19 ގެ ސަބަބުން ޙައްޖަށް ދިއުމަށް ހުރަސްތަކެއް

Loading

Facebook
Twitter
WhatsApp
hajj news

ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 އިތުރަށް ފެތުރެމުންދާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ހަމައެކަނި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ މުސްލިމުންނަށް ކަމަށް ސައުދީ ސަރުކާރުންވަނީ އިއުލާންކޮށްފައެވެ.  

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސައުދީ ޙައްޖު މިނިސްޓަރ، މުޙައްމަދު ބެންތެން ވިދާޅުވެފައިވަނީ، އާންމުގޮތެއްގައި އެވްރެޖްކޮށް 2.5 މިލިއަން މީހުން ކޮންމެ އަހަރަކު ހައްޖަށް އަންނަކަމަށެވެ. އެހެންނަމަވެސް މިއަހަރު ޙައްޖުކުރުމަށް މައްކާއާއި މަދީނާގެ ހުރުމަތްތެރިވެގެންވާ ތަންތަނަށް ދިއުމުގެ ހުއްދަ ދެވޭ މީހުންގެ އަދަދު ހާހުން ގުނާލެވޭ މިންވަރެއްގައި  ހިފެހެއްޓޭނެކަމަށް ވިދާޅުވިއެވެ.  

”ފަަހަރެއްގައި އެއަދަދަކީ ހާހުން ގުނާލެވޭ އަދަދެއް“ ބެންތެން ވިދާލުވިއެވެ. “ އަހަރެމެން މުޅި މިކަން މުތާލިޢާކުރަމުން މިދަނީ. އެހެންވީމަ އެ ވެދާނެ 1000 އަށްވެސް ނުވަތަ އެއަށްވުރެ މަދު ނުވަތަ ގިނަ ޢަދަދަކަށްވެސް“.  65 އަހަރުން މަތީގެ މީހުންނަށް މިފަހަރު ޙައްޖުގައި ބައިވެރި ނުވެވޭނެ ކަމަށާއި، ހައްޖުގެ ޚިދުމަތް ދޭފަރާތްތައް ހައްޖުގެ އަޅުކަން ފެށުމުގެ ކުރިންނާއި ފަހުންވެސް ކަރަންޓީން ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. 

ސައޫދީގައި ކޮރޯނާވައިރަސްފެތުރި ބަލިޖެހުނު މީހުންގެ އަދަދު 161000 އަށް އަރާ، 1300 މީހުން އެބަލީގައި ނިޔާވެފައިވުމާއެކު، ކުރިން ބެލެވިފައި އޮތީ މިއަހަރުގެ ޙައްޖުގެ އަޅުކަން އެއްގޮތަކަށްވެސް ނުބާއްވާނެ ކަމަށެވެ. 3 މަސްދުވަހުގެ މުއްދަތަށް، 24 ގަޑިއިރުގެ ކާފިއު ހިންގުމަށްފަހު، މިހާރުވަނީ ކާފިއު އުވާލާފައެވެ. އެހެންނަމަވެސް އަދިވެސް ބައިނަލް އަގުވާމީ ދަތުރުފަތުރުވަނީ މަނާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް