ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Loading

June 26, 2025
profile
Facebook
Twitter
WhatsApp

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އަދި މި ސައިކަލު ދުއްވަންތިބީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ރ. ފައިނު ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބިފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް