އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން، އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ، މިސްކިތުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ބާރުދުވެލީގައި ނިންމާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
މި އަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރެވޭވަރު ވާނެކަމަށް އުންމީދުކުރާކަމަށް، އެ ކުންފުނިން ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރަށް ދަންނަވައިފައެވެ.