ހޫނު ގަދަވުމުގެ ސަބަބުން ނޯތު އެމެރިކާގެ ބައެއް ހިސާބުތަކުގައި އެތައްބަޔަކު ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

ހޫނުގަދަ ވުމުގެ ސަބަބުން ކުރިމަތިވި ސިއްހީ މައްސަލަ ތަކާއި ގުޅިގެން ނޯތު އެމެރިކާގެ ބައެއް ސްޓޭޓް ތަކުން މީހުން ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ނިއުޖާޒީ ގެ ޕެޓާސަންގައި ބޭއްވުނު ސްކޫލް ގްރެޖުއޭޝަން ހަފްލާ އަކަށް ދިޔަ މީހުންގެ ތެރެއިން 150 މީހުން ބަލިވެގެން ފަރުވާދޭން ޖެހިފައިވެއެވެ.

މިކަމާ ގުޅިގެން އެސިޓީގެ މޭޔަރުވަނީ ސްޓޭޓް އޮފް އިމަޖެންސީ ވެސް އިއުލާން ކޮށްފައެވެ.
ވޮޝިންގޓަން ޑީސީ ގައިވެސް ދެކުނު ކޮރެޔާގެ ބޭންޑް ”ސްޓްރޭ ކިޑްސް“ ބޭއްވި ކޮންސަޓަކަށް ދިޔަ މީހުންގެތެރެއިންވެސް ހަމީހަކަށްވަނީ ހޮސްޕިޓަލުން ފަރުވާ ދީފައެވެ.
އެމެރިކާގެ އުތުރު ބައްރަށް ހޫނުމޫސުން ކުރިމަތިވެފައިވާއިރު، ގަދަ ހޫނަށް ސަމާލުވުމަށް އެތައް ސްޓޭޓެއްގައިވަނީ އިންޒާރުތައް ނެރެފައެވެ.މުޅި މިހަފްތާގައިވެސް އެމެރިކާގެ މިޑްވެސްޓުން އީސްޓް ކޯސްޓަށް، އަލަށް ލައިގަތް ހޫނު މޫސުމުގެ ސަބަބުން ވަރަށް ހޫނުގަދަ ވާނެކަމަށްވަނީ އަންގާފައެވެ.
އީސްޓްކޯސްޓްގެ ނޯތު ކެރޮލައިނާގައި ކުޑަކުދިން ހިމެނޭ ގޮތުން 41 މީހަކަށް ހޫނު ގަދަ ވުމުގެ ސަބަބުން ކުރިމަތިވި ސިއްހީ މައްލަތަކާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަންވެސް ޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މީގެ އިތުރުން، 160 މިލިއަން މީހުންގެ އާބާދީ އެއްއޮންނަ ސަރަހައްދެއްކަމަށްވާ ކެނެޑާގެ އޮންޓޭރިއޯ ،ކުބެކް ،އަދި ނޯވާ ސްކޯޓިއާ އަށްވެސް ހޫނުމިން ހުންނާނީ ވަރަށް މަތީގައިކަން މޫސުމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް