ޔަހޫދީ އިޒްރޭލުން އިސްވެ އިރާނަށް ދޭންފެށިހަމަލާ ތަކާގުޅިގެން ފެށިގެން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން އެއްބަސްވުމަށްފަހުވެސް ދެފަރާތުންވެސް އެއްބަސްވުމާއި ޚިލާފް ވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ފާއިތުވި ބާރަ ދުވަހު އީރާނާއި ޔަހޫދީން ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ އަންގާރަދުވަހުގެރޭ އިޢުލާން ކުރައްވާފައިވަނީ ޓްރަމްޕެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ އެއްބަސްވުން ތަންފީޒުކުރަން ފެށިތާ ދެގަޑިއިރު ފަހުން ޙަމަލާބަދަލުކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއީ އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ޔަހޫދީންނާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވާހަކަދެއްކެވީ ހުޅަނގުގެ އަސްކަރީ އިއްތިހާދު ނޭޓޯގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ނެދަލެންޑްސްގެ ދަ ހޭގަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޓްރަމްޕްގެ ކޮމެންޓްތަކުގައި ވަނީ ވަރަށް ބޮޑަށް ކޯފާވެ ހުންނަވާ ވަނީ ހުތުރު އިބާރާތްވެސް ބޭނުން ކުރައްވާފައެވެ.އަދި ފުރުސަތެއް ލިބުނުހާއަވަހަކަށް ހަމަޖެހި،މައިތިރިވުމަށް އިޒްރޭލަށް އަންގަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާތަކުގައި އިރާންގެ އިސް ނިއުކްލިއަރ ސައިންޓިސްޓެއް މަރުވެފައިވާކަން އިރާނުން ވަނީ ޔަގީން ކޮށްދީފައެވެ.ސްޓޭޓް ޓީވީ އިން ޔަގީން ކޮށްދިން ގޮތުގައި ސައިންޓިސްޓް މުހައްމަދު ރިޒާ ސިއްދީގީ ސާބިރު މަރުވެފައިވަނީ އޭނަގެ މައިންބަފައިންގެ ގޭގައި ހުއްޓައެވެ.
ހަމަލާތަކުގެ ސަބަބުން އިރާނުގެ ނިއުކްލިއަރ ސައިޓްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލެވިފައިވާކަމަށް އެމެރިކާއިން ބުނެފައި ވީނަމަވެސް އެކަން އައިއޭއީއޭ އިން ޔަގީން ކޮށްދީފައެއް ނުވެއެވެ.އަދި ސައިޓް ތަކަށް ލިބުނު ގެއްލުންތައް ބަލާ، އަލުން މަސައްކަތް ފަށަން ކުރަން ޖެހޭ ތައްޔާރީތައް ކުރަމުންދާކަމަށް އިރާނުގެ ނިއުކްލިއަރ ކަންތަކާބެހޭ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
އީރާނުގެ ރައީސްއާއި ރޫޙީ ވެރިޔާ ހިމެނިވަޑައިގަންނަވާ ގޮތަށް، އީރާނުގެ އެންމެ އިސްވެރިން ވިދާޅުވަމުން ދަނީ ޙަމަލާ ދިން ނަމަވެސް އީރާނުގެ ނިއުކްލިޔަރ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ބަޔަކު ދޭ ޙަމަލާތަކުން އީރާނުގެ ޞުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢު ނައްތާ ނުލެވޭނެ ކަމަށާއި، އެ މަޝްރޫޢުއާ ދެކޮޅަށް ދޭ ޙަމަލާއަކީ އެ މަސައްކަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް އީރާނުގެ ޒުވާން ސައިންސުވެރިންނަށް ލިބޭ އައު ހިތްވަރެއްގެ ގޮތުގައި އިންޤިލާބީ ފައުޖުން ވެސް ސިފަ ކޮށްފައިވެއެވެ.
ހަމަލާތަކުގައި އިރާނުގެ 510 މީހުން މަރުވެފައިވާކަމަށް އިރާނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވީނަމަވެސް އިންސާނީ ހައްގުތަކާބެހޭ ގްރޫޕަކުން ވަނީ 974 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.
ހުޅަނގުގެ އަސްކަރީ އިއްތިހާދު ނޭޓޯގެ ސަމިޓް ބައްދަލް ވުން މިއަދު ވަނީ ނެދަލަންޑް ގައި ފެށިފައެވެ.ދެދުވަހުގެ ބައްދަލް ވުމުގައި މަޝްވަރާކުރާނެ މައިގަނޑު އެއް މައްސަލަ އަކީ ކޮންމެ ގައުމެއްގެވެސް ޖީޑީޕީގެ ފަހެއް އިންސައްތަ ސަލާމަތީ ކަންކަމަށް ޚަރަދުކުރުމާއި ބެހޭ ގޮތުންނެވެ.