ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް މާދަމާ ފެށުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ޕީއެންސީއަށް ނިސްބަތްވާ މެންބަރާ ގުޅޭގޮތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް، ހުކުމާ އެއްގޮތަށް ނުދައްކަވާކަމަށް ބުނެއެވެ.
ފަސް ފަނޑިޔާރެއްގެ ބެންޗަކުން މި މައްސަަލަ ބެއްލެވުމަށް ހަމަޖެހިފައިވާއިރު، ގާނޫނު އަސާސީ ވާގޮތުން، ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ މެންބަރުންގެ ގޮނޑި ގެއްލޭނެއެވެ.
މިއީ މަޖިލީހުގެ މި ދައުރުގެ މެންބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ފުރަތަމަ ފަހަރެވެ.
![]()
