ކާފައެއްގެ އުމުރުގައި ހުންނަންވާނީ ކާފައަކަށެވެ. ބައްޕައަކަށް ނޫނެވެ.

Loading

Facebook
Twitter
WhatsApp

އެކަންތައްގަނޑު ފުރަތަމަ ފެށުނީ ގޭތެރޭގެ އެކި ފަރުނީޗަރު ބައްޕަ ބޭނުންވާ ތަންތަނަށް ބަދަލު ކުރުމާ ހަމައިންނެވެ.އެއަށްފަހު ކުދިންނަށް ކާގަޑީގެ ގަވާއިދު ތަކެއް އިއުލާން ކުރިއެވެ. އަދި އަމިއްލަ ދަރިންނަށް އަމުރު ކުރާ ގޮތަށް އަހަރުންގެ ދެކުދިންނަށް ބައްޕަ އަމުރު ކުރަން ފެށިއެވެ.


މިގޮތަށް ކަންތައްވާތީ އަހަރެންގެ ފިރިމީހާ އަހުމަދު ފަހަކަށް އައިސް ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.އަދި އެންމެ ފަހުން އެއްރޭ އަހަރެން އައި އިރު ހުރީ ފޮއްޓަކަށް އެއްޗެތި އަޅާ ޕެކް ކުރާށެވެ.އަދި ބުންޏެވެ. ފަހަރެއްގަ މިގޭން ދާން ޖެހިދާނެތީ ތައްޔާރު ވަނީއެވެ.
އަހަރެންގެ މަންމަ މަރުވުމުން އަހަރެންނާ އަހުމަދު އަދި އަހަރުންގެ ދެކުދިންނާއެކުގައި އުޅެން، އުމުން 70 އަހަރުގެ ބައްޕަ އަހަރުންގެ ގެޔަށް ގެނައިމެވެ. ފުރަތަމަކޮޅު ވަރަށް ރަގަޅަށް ކަންތައް ތައް ދިޔައެވެ. ކުދިން ނިދާގަޑީގައި ބައްޕަ ވާހަކަ ކިޔާދެއެވެ. ފަތިހު ރައްޓެހިންނާއެކު ޕާކުގައި ހިނގަން ދެއެވެ. އަދި ހަވީރު އަސުރު ނަމާދުން އައިސް ބަގީޗާ ގަސްތަކަށް ފެންދިނުމަކީ ބައްޕަ ގަވާއިދުން ކުރާ ކަމެކެވެ. ހިނިތުން ވުމާއެކު ބައްޕަ ބުނާނެއެވެ.އަހަރެން އެއްގޮތަކަށްވެސްތިޔަ ދެމަފިރިންނަށް ބުރަޔަކަށް ވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަޑުމަޑުން ކަންތައް ތައް ބަދަލުވާން ފެށިއެވެ.
ބަދިގޭގައި އަހަރެން އެއްޗެތި ބަހައްޓާ ތަންތަން ބައްޕަ ބަދަލު ކުރަން ފެށިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ސިޓިންގ ރޫމް ކައުޗް އަނބުރާލިއެވެ. އެއީ އަހުމަދު އަބަދު ޓީވީ ބަލަން އިންނަ ގޮޑިއެވެ. އެކަންއޭނާޔަށްވީ ބޮޑު ކަމަކަށެވެ. ކުދިކުދި ކަންތަކާ ކުދިންނަށް ފާޑުކިޔާ ކުށް ރަގަޅު ކުރަން ފެށިއެވެ. ކުދިންނަށް ފޯނު ގެންގުޅެވޭނެ ނުގެންގުޅެވޭނެ ތަންތަނާ ވަގުތު ކަނޑަ އެޅިއެވެ. އަދި ކުދިން ތަރުބިއްޔަތު ކުރަންވީ ގޮތް އަހަރެންނަށް ބައްޕަ ކިޔާދޭން ފެށިއެވެ. މީގެ އިތުރުން އަހަރެންގެ ފިރިމީހާ އަހުމަދަށް ފާޑު ކިޔަން ފެށިއެވެ.އޭނަގެ ކިބައިގައި އެއްވެސް ކަހަލަ ”ހަރު“ ކަމެއް ނުހުންނަ ކަމަށް ބުނެއެވެ. އޭނަ މާ ނެގިމަޑުވެފަ ހުންނަ ކަމަށް ބުނެއެވެ.
އެއްރޭ އަހަރެން ގެޔަށް އައި އިރު ބައްޕަ އަހުމަދާ ދިމާލަށް ހަޅޭއްލަވަނީ އެވެ. އަންނައުނު ފަތްޖަހާގޮތް ކަމުނުދާކަމަށް ބުނެއެވެ. އަހުމަދު ހަމަ އެކައްޗެކޭވެސް ނުބުނެ އިސްޖަހާލައިގެން އިނެވެ.
އެރޭ އަހުމަދު އަހަރެން ކައިރީގައި ބުންޏެވެ. އަހަރެންވެސް ސާރާގެ ބައްޕަ ދެކެ ލޯބިވެއެވެ.އެކަމަކު މިހާރު މިގޭތެރޭގެ ކަންތައް މިދެން އަތްނުފޯރާ ހަމަޔަށް ދަނީއެވެ.މިއީ މިހާރު އަހަރުމެން ދެމަފިރިންގެ ކޮންޓްރޯލްގެ ދަށުގައިވާ އަހަރުމެން ދެމަފިރިންގެ ގެޔެއް ނޫނެވެ. މިއީ މިހާރު ބައްޕަގެ ގެއެކެވެ.
މިކަމުގަ ގޮތް ނިންމަންޖެހޭނީ އަހަރެން ކަމަށާ އޮތީ ދެގޮތެއް ކަމަށް އަހުމަދު ބުންޏެވެ. އެއީ ބައްޕަޔަށް އިމެއް ކަނޑައެޅުން ނުވަތަ އަހަރުންގެ އާއިލާ ރޫޅިގެން ދިއުން ކަމަށް ބުންޏެވެ.
އަހަރެންނަށް ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ބައްޕަ ތޯ ފިރިމީހާތޯ އަހަރެން އިޚްތިޔާރު ކުރާނީ ކިހިނަކުން ހެއްޔެވެ.
އަނެއް ދުވަހު ހެނދުނު ބައްޕަގެނެސް ކައިރީގައި ބައިންދައިގެން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.އޭރު އަހަރެންގެ ދެއަތް ތުރުތުރު އަޅައެވެ.ނަމަވެސް ހިއްވަރު ކޮށްފައި ވާހަކަ ދައްކަން ފެށީމެވެ. ބައްޕާއެވެ. ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެކަމަކު މިހާރު ކަންތައް މިވާގޮތް އެހާރަގަޅެއް ނޫނެވެ. ބައްޕަ މިގޭގަ ހުންނާނީ މެހްމާނެއްގެ ގޮތުގައެވެ. ގޭގެ ވެރި މީހާގެ ގޮތުގައެއްނޫނެވެ. ބައްޕަ ބޭނުން ވާހާދުވަހަކު މިގޭގަ ހުރެވޭނެއެވެ. އެކަމަކު ގޭގެ ވެރިމީހާގެ ގޮތުގައެއް ނޫނެވެ. ކޮންޓްރޯލް އޮންނަންވާނީ އަހަރުމެން ދެމަފިރިންގެ އަތުގައެވެ. ކުދިންނަށް ގޮތްކިޔާދީ ތަރުބިއްޔަތު ކުރާނީވެސް އަހަރުމެން ދެމަފިރިންނެވެ.ބައްޕަ ކަމަކާ ހިތްހަމަ ނުޖެހިއްޖެ ނަމަ ވަކިން ތަނަކުން ބައްދަލް ކޮށްފަ އަހަރުމެންނާ އެވާހަކައެއް ދައްކާނީއެވެ. ކުދިންނަށް އެންމެން ގޮތްކިޔާ ނަމަ ކުދިންނަށްވެސް އޮޅޭނީއެވެ.
އަހަރެންގެ މިވާހަކަ ތަކަށް ބައްޕަ ފުރަތަމަ ރުޅިއައި ކަމަށް ފެނުނެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. ނަމަވެސް ދެތިން ހަފްތާފަހުން ބައްޕަ މުޅިން ތަފާތު މީހަކަށް ވެއްޖެ އެވެ. ފަހަތަށް ޖެހިލިއެވެ. ގޭތެރޭގެ ކަންކަމާބެހުން ހުއްޓާލިއެވެ. އަދި އެއްދުވަހަކު އަހަރެންގެ ކައިރިޔަށް އައިސް އަހަރެންގެ ގައިގައި ބައްދާލުމަށްފު ބުންޏެވެ.ދަރިފުޅާ ބައްޕަޔަށް މައާފު ކުރާށެވެ. ބައްޕަ އަކީ މެހްމާނެއްކަން ބައްޕަ ހަނޑދާން ނެތުނީއެވެ. އަދި ރަސްކަން ކުރަން އުޅެވުނީއެވެ. ބައްޕަ ރަސްކަން ކުރި ދުވަސް ވަނީ ނިމިފައެވެ. މިހާރުމީ ދަރިފުޅުމެންގެ ފުރުސަތެވެ. އަދި ލޯބިން ބައްޕަޔަށް އެކަން ހަނދާން ކޮށްދިތީ ޝުކުރިއްޔާއެވެ.
އެއަށްފަހު ގޭތެރެޔަށް އަނެއްކާވެސް އުފާވެރިކަން އައިސް ކުރިން އޮންނަ ”ވާންކަން“ ފިލާހިނގައްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް