އަލިފާނުގެ ހާދިސާ ހިނގި ފުލެޓުގައި މީހުންނަށް ދިރިނޫޅެވޭވަރަށް ވަނީ ގެއްލުންވެފައި

Loading

June 23, 2025
profile
Facebook
Twitter
WhatsApp

މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގި ވިނަރެސް ފުލެޓުގައި މީހުންނަށް ދިރިނޫޅެވޭވަރަށް ވަނީ ގެއްލުންލިބިފައި ކަމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

އެ ފުލެޓުގައި ދިރިއުޅެމުންދިޔަ 4 މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން، ކެއުމާއި އަދި 2 މީހަކަށް އަންނައުނުވެސް ފޯރުކޮށްދީފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނީ، އަލިފާން ރޯވީ ވިނަރެސް ފްލެޓް 9ގެ ބީ ބްލޮކުގެ 13ވަނަ ފަންގިފިލާގެ 6ވަނަ އެޕާޓްމަންޓުގައި ކަމަށާއި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7.41ގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން އޭރު ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް