ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވެ، ވަރަށް ބޮޑަށް އަނދައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނީ، އަލިފާން ރޯވީ ވިނަރެސް ފްލެޓް 9ގެ ބީ ބްލޮކުގެ 13ވަނަ ފަންގިފިލާގެ 6ވަނަ އެޕާޓްމަންޓުގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7.41ގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި، އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކް ބެޑެއްގެ ގޮދަޑިއެއް ވަނީ އަނދާފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އޭގެ އިތުރުން، މުޅި އެޕާޓްމަންޓު ތެރެއަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ބުނެއެވެ.
One Response
ސަބަބު މަސްތުވާތަކެތި.