ރައީސް ޞާލިޙު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި

Loading

June 23, 2025
profile
Facebook
Twitter
WhatsApp

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންނާއެކު ބޭއްވެވި ފަރިއްކޮޅެއްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެމަނިކުފާނު ހާމަކުރައްވާފައި މި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންފައި ވަނިކޮށެވެ.

2023ގެ ރިޔާސީ އިންތިޚާބާ ގާތްވެފައި ވަނިކޮށް، ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެ ތެރޭގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ.

އެހެންނަމަވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ރައީސް ނަޝީދާއި އަދި ދަ ޑިމޮކްރެޓްސްގެ އެހެން ބައެއް މެންބަރުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މީގެތެރޭގައި އެ ޕާޓީގެ އިސް ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

Loading

2 Responses

  1. ވަރައްއާދޭހާއެކުދައްނަވާލައްދެވަނަދައުރަކައްރައިސްސޯލިހުއައުމަކީރާއްޖޭގެރައްޔިތުއްނައްލިބޭވަރައްބޮޑުބިރެޢް.ސަބަކީމިހާރުވެސްމިއުޅެނީ.އބޫސޯލިހުވެރިކަމުގަކޮއްފައޮތްތާކުއްތްކުނުޖެހޭކުއްފުނިތައްހެދުމުގެސަބަބުއްހިތދަމާނުލެވިގެއްއެއުފެއްދިހުރިހާކުއްފުނިތައްއޮތީ..ބިލިޔަނުއް.މިލިއަނުއްދަރާފަ.އަދިއެވަރުއްފުއްދާލީކީނޫ..މުޅިދައުލިތުގެބަޖެޓުވެސްހޭއަރވާލާފައަދިއެވަރަކުއްފުއްދާލީކީނޫދިވެހިރާތްޖޭގެމާލީެިދާރާގެ.ހުރިރިޒާވެސްހޭއަރުވާލާ.މިކަހަލަތާކުއްތާކުނުޖެހޭމީހަކުވެރިކަމައްގެެްނައްހެޔޮނުވާނެ

  2. ރަނގަޅު ނިންމުމެކެވެ. އެހެނީ ރޫޅާލާ ރާވާލާ ވެރިކަމަށް ބޫތުކައިގެން އުޅޭ މީހުނަށް ރައްޔަތުން މިހާރު އެހާ އެހާ އެއްނޫނެވެ. އިބޫއަކީ މަޑުމައިތިރި ރިވެތި އަޚުލާގެއްގެ ހިޔަޅެކެވެ. ބޯ ބޭނުންކޮށްގެން ކޮންމެވެސް ގޮތެއް ހުރެއެވެ. މަގޭ ތާއިދު އިބޫ އަށް. އެހެނީ ކޮވިޑް ދެއަހަރު ކައިރީގައި އުޅުނު މީހުން ހަބޭހަށް ވައްކަން ކުރިނަމަވެސް އިބޫ ރުނބަޔަށް އަތްޖަހާފާ ފައިސާ ނެގިކަމަކަށް ނުބެލެވެއެވެ. އިބޫގެ އޭ ޓީ އެމް އެއްކަމަށް ކިޔަނީ ބޯގަންވިލާ ފަޔާ އެވެ. ޔާމީނުގެ އޭޓީއެމް އަދީބު ފަދައިންނޭބުނެ އުޅެއެވެ. ދެން ބަލަން ތިބޭނީ އެމްޑީޕީ ޕްރައިމަރީ ނިމި ޓިކެޓް ލިބޭމީހަކަށް ގޮތެއް ނިންމާނިއެވެ!

Leave a Reply

ފަހުގެ އަޕްޑޭޓް