އުޅަނދުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އިންޝުއަރެންސް ޕެކޭޖެއް

Loading

June 22, 2025
profile
Facebook
Twitter
WhatsApp

އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކުގެ ބަދަލު ދިނުމަށްޓަކައި އިތުރު އިންޝުއަރެންސެއް، ކުރިއަށް އޮތް ދޮޅުމަސް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަޢާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓްރެފިކުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މިހާރު އޮންނަގޮތުން، އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތަރޑް ޕާޓީ އިންޝުއަރެންސް ހެއްދުމަކީ ލާޒިމްކުރާ ކަމެކެވެ. އެއީ އެ އުޅަނދަކުން އެހެން އުޅަނދަކަށް ލިބޭ ގެއްލުން ކަވަރުކޮށްދިނުމަށް އޮންނަ އިންޝުއަރެންސެކެވެ.

ނަމަވެސް ގިނަ ބައެއްގެ ކަނބޮޑުވުމަކަށް ވެފައި އޮންނަނީ އުޅަނދަށް ލިބޭ ގެއްލުންތަކާއި ވަގަށްނެގުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް އެ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ކަވަރުކުރާގޮތަށް ހަމަޖެހިފައި ނެތުމެވެ.

މިނިސްޓަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާހުތަކާއެކު، މިހާރު ދޭ ތަރޑް ޕާޓީ އިންޝުއަރެންސުގެ ތެރޭން އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރައްވާނެ ކަމަށެވެ.

އެހެންކަމާއެކު، މިފަދަ އިންޝުއަރެންސެއް ލިބޭނެގޮތް ހަމަޖެހިފައި އޮތުމަކީ އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަުގައި އުންމީދުކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް